ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.
އެމްޑީޕީން ބުނީ ނާޒިމް ފުލުސް އޮފީހަށް ހާޒިރު ކުރަނީ ކުށެއްގެ ތުހުމަތެއްގައި ކަމަށާއި ހާޒިރު ވުމަށް އަންގާފައި ވަނީ ބުރާސްފަތި ދުވަހުގެ 14:30 އަށެވެ.
Vaikaradhoo Dhaairaage MP @MpNazim Kushuge thuhumathakah kamah bune Buraasfathi (5/10) 2.30 ah Fulus office ah haaziruvumah chit fonuvaifi. pic.twitter.com/nQmLlnqszx
— MDP Secretariat (@MDPSecretariat) October 3, 2017
ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ގިނަ މެމްބަރުންތަކަކަށް އެކިއެކި ތުހުމަތުތައްކޮށް، ތަހުގީގު ހިންގާ، އަދި ޝަރީއަތް ކުރަމުންދާއިރު ނާޒިމަކީ އެ ލިސްޓަށް އިތުރުވާ މެމްބަރެކެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ 25 ހަކަށް މެމްބަރުން ތިއްބެއްވީ އެކިއެކު ތުހުމަތުތަކާއި ތަހުގީގުތަކާއި ޝަރީއަތު ކުރިމައްޗަށްހާޒިރު ކުރެވިފަ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ ސަރުކާރުން ކިތައްމެ ވަރަކަށް ބިރު ދެއްކި ނަމަވެސް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.
ނާޒިމަކީ ވެސް މަޖިލީހުގެ ޖަލްސާތަކުގަ އާއި އެކިއެކި އެއްވުންތަކުންތައި އަޑުހަރުކޮށް ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މެމްބަރެކެވެ.