ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރުމާ ގުޅިގެން ރ. އަނގޮޅިތީމު މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން ހޯދަމުންދަނީ ރ. އަނގޮޅިތީމު/ ކަނީރުމާގެ، އުމުރުން 35 އަހަރުގެ އަލީ ހަމީދު ކަމަށެވެ.
ފުލުހުން ބުނީ، އޭނާ ހޯދަމުންދަނީ، ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައި ނުވާތީ، ފުލުހުންގެ ބެލުމުގެ ދަށުން ބަންދުގައި ބަހައްޓައިގެން މި އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 10:45 އަށް ކޯޓަށް ހާޒިރުކުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އަމުރެއް ނެރެފައިވާތީ ކަމަށެވެ.
އަލީ ހަމީދާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންނާއި އެ މަޢުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.