ފުލުސް އޮފީހުގެ ބޭނުމަށް 100 އެކްސިސް ކެމެރާއާއި 100 މައިކްރޯ އެސްޑީ ކާޑް ހޯދުމަށް އިއުލާން ކޮށްފިއެވެ.
ފުލުސް އޮފީހުން ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެސަރވިސްގެ ބޭނުމަށް 100 އެކްސިސް ކެމެރާއާއި 100 މައިކްރޯ އެސްޑީ ކާޑް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި ތަކެއްޗަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އެކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.
އަދި ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2017 އޮކްޓޯބަރ 03 ވާ އަންގާރަ ދުވަހުން ފެށިގެން 2017 އޮކްޓޯބަރ 08 ވާ އާދީއްތަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް އެ ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 400ރ ( ހަތަރު ސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި އެސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބެން ހުންނާނެ ކަމަށްވެސް ފުލުސް އޮފީހުން ވަނީ ބުނެފައެވެ.
މީގެއިތުރުން މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2017 އޮކްޓޯބަރ 09 ވާ ހޯމަ ދުވަހުގެ 14:30 ގައި، އިސްކަންދަރު ބިލްޑިންގ ގައި ކަމަށާއި މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2017 އޮކްޓޯބަރ 09 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ކުރިން އެސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުމަށް ވެސް ފުލުސް އޮފީހުން ވަނީ އެދިފައެވެ.
އެކަމަށް ހުށަހެޅޭ ބީލަން ހުޅުވުން އޮންނާނީ 2017 އޮކްޓޯބަރ 15 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އެސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓްގައި ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.