ކ. މާލެ
|
10 ސެޕްޓެންބަރ 2017 | އާދީއްތަ 11:07
އަބްދުﷲ އަހުމަދު(ކ)، ހުސެއިން އާދަމް، އަބްދުﷲ ފައިރޫޝް އަދި މުހައްމަދު ރިޔާޒް
އަބްދުﷲ އަހުމަދު(ކ)، ހުސެއިން އާދަމް، އަބްދުﷲ ފައިރޫޝް އަދި މުހައްމަދު ރިޔާޒް
ރާއްޖެ އެމްވީ
ފުލުހުންގެ މަގާމުތައް
ފުލުހުންގެ ދެ އެސިސްޓެންޓް ކޮމިޝަނަރުންނާއި އިސް ދެ އޮފިސަރުން ވަޒީފާއިން ވަކިކުރަން ނިންމައިފި
ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މި ނިންމުން ނިންމީ ބުރާސްފަތި ދުވަހު
ފުލުހުންގެ އިދާރާއިން މިކަން ދޮގެއް ނުކުރޭ
ފުލުހުން ބުނީ މިފަދަ މައުލޫމާތު މީޑިއާއަށް ހާމަނުކުރާ ކަމަށް

ފުލުހުންގެ ދެ އެސިސްޓެންޓް ކޮމިޝަނަރުންނާއި އިސް ދެ އޮފިސަރަކު ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެ އެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން އާދަމްގެ އިތުރުން ޗީޕް ސުޕްރިންޓެންޑެންޓް މުހައްމަދު ރިޔާޒާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ އަހުމަދު ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށެވެ.

ދެ އެސިސްޓެންޓް ކޮމިޝަނަރުންނާއި ދެ ޗީފް ސުޕްރިންޓެންޑެންޓުން ވަކިކުރަން ނިންމާފައިވަނީ ބުރާސްފަތި ދުވަހު ކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހަކާ މެދު ޑިސިޕްލިނަރީ ފިޔަވަޅު އަޅައިފިނަމަ ފުލުހުންގެ އިދާރާއިން އެކަން އެ ފުލުހަކަށް އަންގާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް، ފުލުހުންގެ ގާނޫނާއި ވަޒީފާއާ ބެހޭ ގަވާއިދާއި ޑިސިޕްލިނަރީ ގަވާއިދާ އެއްގޮތްވާ ގޮތުން މަތިން އެތެރޭގެ ޑިޕާޓްމެންޓުތަކުން ކުރަމުން ގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ޑިސިޕްލިނަރީ ފިޔަވަޅުތަކަކީ ވަކިވަކި ފުލުހުންނާ ގުޅޭ ޒާތީ މައުލޫމާތު ކަމަށް ވާތީ ފުލުހުން ރަސްމީކޮށް މީޑިއާއަށް އެފަދަ މައުލޫމާތު ހިއްސާ ނުކުރާ ކަމަށެވެ.

އެހެންނަމަވެސް، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މި އޮފިސަރުންތައް ވަޒީފާއިން ވަކިކުރަން ނިންމިކަން އޭނާ ދޮގެއް ނުކުރައްވަ އެވެ.

ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ އަހުމަދު ހުންނެވީ ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ ޑެޕިއުޓީ ހެޑްގެ މަގާމުގަ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ  އެ މަގާމުގައި ކުރިން ހުންނެވި، ޗީފް ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު އެ މަގާމުން ވަކިކުރުމަށް ފަހުގަ އެވެ.

މަގާމުން ވަކިކުރިއިރު އަބްދުﷲ އަހުމަދު ހުންނެވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ރޯދަ މަހުގެ ތެރޭގައި ބައްދަލުކުރެއްވި ކަމަށް ބުނެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ.

ޗީޕް ސުޕްރިންޓެންޑެންޓް މުހައްމަދު ރިޔާޒު ވަޒީފާއިން ވަކިކުރިއިރު، އޭނާ ހުންނެވީ ތަހުގީގީ ޑިޕާޓްމެންޓުން ވަކިކޮށް ކޮމިޝަނަރުގެ ބިއުރޯއަށް ބަދަލުކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
10 ސެޕްޓެންބަރ 2017 | އާދީއްތަ 16:37
ވަރަގަތު ބުނު ނައުފަލް
ފެނިވަޑާ ގަންނަވަމުން އެދަނީ މުޖުރިމަކު ޕޮލިސްކޮށް އޮފް ކުރުމަށް މާސިންގާ ގައުމެއްގެ މުހިންމު އިންފްރާ ސްޓްރަކްޗާ ހިފަހައްޓާދޭ ހިތްގައިމު ސްޓެރެންތް ހުރި ބިނާތަކުގެ ތަނބުތައް ފުނޑުފުނޑުކޮށް ވެއްޔަށް ހިމުން ކުރަމުންދާތަން. އަގުހުރި ހިދްމަތްތެރި އިލްމާ ހިލްމުގެ އެންމެ މައްޗަށް ވާސިލްވެ ތިބި ބޭކަލުންނާ ކަނބަލުން މުޖުރިމަކަށް ޓަކާ ގުރުބާންކޮށް ކަތިލާ އޮހެރެމުންދާ ލެއިން ހަސަދައާ ފަސާދައިގެެ ކަނޑަކަށް ބަދަލު ކުރަމުން ގެންދާތަން. މިހާރުގެ ކަމިޝަނަރު އާރިފް އަކީ ވެސް ހަމަ މިގޮތަށް ވަޒީފާއިން ވަކި ކުރަން ޖެހޭ މީހެއް. ބްރޯ އާ ވަގަށް ބައްދަލުކޮށް ނާޖާއިޒް މުއާމަލާތް ކިތައް ފަހަރު ހިންގިންތޯއާ މަންފާ ހޯދިވަރަކާ ސުވާކޮށް ކޯޓަށް ގެންގެން މިކަންކަން ނުކުރާ ކަމަށް ހުވާ ކުރަން ކެރޭ ކޮމިޝަނަރެއްތޯ ބަލަންފެނޭ
10 ސެޕްޓެންބަރ 2017 | އާދީއްތަ 16:37
ފުލުހުންގެ ކްރައިމް
ކޮންމެމީހަކަށްވެސް ތިިވަގުތު އަންނާނެ ކަން އެންގިއްޖެބާ؟
10 ސެޕްޓެންބަރ 2017 | އާދީއްތަ 12:14
ޝިފާނާ
ތި ފައިރޫޝް އެއްނުން 07 ފެބްރުއަރީ 2012 ގައި އަމިއްލައަށް ފުލުސް އޮފީހާއި ޙަވާލުވީ...އޭގެ ފަހުން އޭނާގެ ބެލުމުގެ ދަށުން 8 ފެބްރުއަަރީ 2012 ގައި އެތަށް ރައްޔިތުންނަކަށް ފުލުހުން ނިކުމެ ލާއިންސާނީ އަނިޔާކުރީ..ތިމީސްމީހުންނަށް ތިވަނީ ވާންވި ގޮތް.