Advertisement
ކ. މާލެ
|
16 ނޮވެންބަރ 2025 | އާދީއްތަ 23:23
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންެފްގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންެފްގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ސަރުކާރުގެ ހަރަދު އިތުރުވުން
ޕަރފޯމޭންސް ބޭސްޑް ބަޖެޓެއް ހަދައިފިއްޔާ މި ސަރުކާރު ވަޅުލާނެ: ޔާމީން
ރިކަރަންޓް ހަރަދުގެ ތެރޭގައި މުސާރައާއި ޕެންޝަން އެކުވެގެން 20 ބިލިއަނަށްވުރެ މައްޗަށް ދާނެ
ޕާފޯމަންސް ބޭސްޑް ބަޖެޓަކަށް ދާނަމަ މިނިވަން މުއައްސަސާތަކަށް ލާރިއެއް ނުލިބޭނެ

މި ސަރުކާރުން ޕާފޯމަންސް ބޭސްޑް ބަޖެޓެއްގެ ވާހަކަ ދައްކާއިރު، އެގޮތަށް އެކަން ކޮށްފިނަމަ މި ސަރުކާރު ވަޅުލާނެ ކަމަށާއި، މިނިވަން މުއައްސަސާތައް ވެސް އެއާ އެކީގައި ވަޅުލާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި ފިނޭންސްގެ ކަމާއި ގުޅުންހުރި މުވައްޒަފުން ދެއްކި ވާހަކަތަކަށް އަލިއަޅުވާލާ ޔާމީން ވިދާޅުވީ ޓެކްނިކަލް މުވައްޒަފުން ދެއްކީ ރަނގަޅު ވާހަކަތަކެއް ކަމަށެވެ. ނަމަވެސް ރިކަރަންޓް ހަރަދު ބޮޑު އިރު އެންމެ ބޮޑީ މުސާރަ ކަމަށާއި، ޕެންޝަނާއެކު 20 ބިލިއަނަށްވުރެ މައްޗަށް މުސާރަ އެކަނި ވެސް ދާނެ ކަމަށެވެ. ޔާމީން ވިދާޅުވީ ދައުލަތުގެ އާމްދަނީ އަކީ 40 ބިލިއަން ރުފިޔާ ކަމަށާއި، މިނިސްޓްރީގެ މުވައްޒަފުން ޕާފޯމަންސް ބޭސްޑް ބަޖެޓެއްގެ ވާހަކަ ދައްކާތީ އެމީހުން މާދަން ވެސް ވަޒީފާއިން ކަނޑާލާނެ ކަމަށެވެ.

ޔާމީން ވިދާޅުވީ ޕާފޯމަންސް ބޭސްޑް ބަޖެޓަކަށް ގޮސްގެން ސަރުކާރު ދެކޮޅުނުޖެއްސޭނެ ކަމަށެވެ. އަދި ޕާފޯމަންސް ބޭސްޑް ބަޖެޓަކަށް ދާނަމަ މި ސަރުކާރު ވަޅުލާނެ ކަަމަށާއި، މިނިވަން މުއައްސަސާތަކަށް ލާރިއެއް ނުލިބޭނެ ކަމަށެވެ.

އޮޑިޓަރ ޖެނެރަލް ޕާފޯމަންސް ބޭސްޑް ބަޖެޓަކަށް ވާކަމަށްވަންޏާ އެ މަރުވެފައި އޮތް ތަނެއް. މަރުދަންވެފައި އޮތް ތަނެއް އިނގޭތޯ. އެހެންވީމާ އެއްގޮތަކުން ވެއްޖިއްޔާ މީނަ ކަތިލާނެ އެހެންނޫނީ އަނެއްގޮތަކުން ވެއްޖެއްޔާ މުއިޒް މި އުޅެނީ މިހެން ހުރި ތަންތަން ސަރުކާރަށް ޖަވާބުދާރީކުރުވަން ޤާނޫނުގެ މޮޅު ތަންތަން، ޑީފެކްޓޯ ޖަވާބުދާރީ ކުރަން ބާރު ނުދިނުމުގެ އިތުރުން މި އުޅެނީ ހަމަ ތަފުޞީލު ވަޅުލަން. އެތަންތަން އެ އުޅެނީ ހުއްޓުވާލަން އިނގޭތޯ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޔާމީން ވިދާޅުވީ މުސާރަތައް އިތުރުވަމުން ދަންޏާ ފިސްކަލް ސްޕޭސް ހަނިވާނެ ކަމަށެވެ. ނަމަވެސް އެ ވާހަކަ ދައްކަންވީ މިއަދަކު ނޫން ކަމަށާއި، ފިސްކަލް ސްޕޭސް ހަނިވެފައި އޮތީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރަށް ނިމުނު ހިސާބުން ކަމަށެވެ. އަދި މި ސަރުކާރަށް ދެ އަހަރު ވެގެންދިޔަ އިރު ރިކަރަންޓް ޚަރަދު އިތުރުކުރުން ފިޔަވައި އިތުރު އެއްކަމެއް ވެސް ނުކުރާ ކަމަށެވެ.

ޔާމީން ވިދާޅުވީ ފިސްކަލް ސްޕޭސް ހަނިވާނެ ތަނެއް ދެން ނެތް ކަމަށާއި، އެ ސްޕޭސްއެއް ނުވެސް ނެތް ކަމަށެވެ. އަދި ހަރަދުތަކާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ކިތައްމެ ރަނގަޅު ވާހަކައެއް ދެއްކި ނަމަވެސް ސަރުކާރުގެ ވެރިން އެކަމަކަށް އަޅައެއް ނުލާނެ ކަމަށެވެ. އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހުންނެވީ ބޮޑު ތަނުން ކޮރަޕްޓްވެފައި ކަމަށާއި، ކަންކަމެއް ހަލެއް ނުކުރެވޭނެ ކަމަށެވެ.

- ކޮމެންޓް