Advertisement
ކ. މާލެ
|
16 ނޮވެންބަރ 2025 | އާދީއްތަ 13:50
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު ވާހަކަ ދައްކަވަނީ
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު ވާހަކަ ދައްކަވަނީ
މަޖުލިސް
ތަރައްގީގެ މަޝްރޫއު
މައުނަވީ ތަރައްގީގެ ބަޖެޓާ އެކު އެއްވެސް ކަމެއް ނުވޭ، އަންނަ އަހަރުގެ ބަޖެޓަކީ ވެސް ރައްޔިތުންގެ ބޯކާލާ ބަޖެޓެއް: މެމްބަރު ޒިޔާދު
މީގެ ކުރިން ރައްޔިތުންނަށް ލިބެމުން ދިޔަ ޚިދުމަތްތައް ނުލިބޭ
ކޮރަޕްޝަން އާއްމުވެފައި، ތުހުމަތުތައް އަމާޒުވާ އެމްޑީ މަގާމުން ދުރުކުރުން ފިޔަވައި އެއްވެސް ކަމެއް ނުކުރޭ
ބަޖެޓަށް އުންމީދު ކުރެވުނު ނަމަވެސް އިތުބާރު ރައީސް ޑރ.މުހައްމަދު މުއިއްޒަށް ނެތް

މައުނަވީ ތަރައްގީގެ ބަޖެޓާ އެކު އެއްވެސް ކަމެއް ނުވާ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓަކީ ވެސް ރައްޔިތުންގެ ބޯކާލާ ބަޖަޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެމްބަރު ޒިޔާދު ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓު ހުސް ވަމުންދާ ކަމަށާއި، އެ ބަޖެޓުން ހަރަދު ކުރީ މައުނަވީ ތަރައްގީ އަށް ކަމަށް މި ސަރުކާރުން ބުނަމުންދާ ކަމަށެވެ.

ނަމަވެސް އެ މާނަކުރާ މައުނަވީ ތަރައްގީއާއެކު އެއްވެސް ކަމެއް ނުވާ ކަމަށާއި، ރައްޔިތުންނަށް ލިބެމުން ދިޔަ ޚިދުމަތްތައް ނުލިބޭ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޚިދުމަތެއް ނުދެވުނު ނަމަވެސް ކޮރަޕްޝަން އާއްމުވެ އެ ތުހުމަތުތައް އަމާޒުވުމުން އެ ކުންފުޏެއްގައި ނުވަތަ އެތަނެއްގައި ހުރި އެމްޑީއެއް ދުރުކުރުން ފިޔަވައި ކަމެއް ނުކުރާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.

2025 ވަނަ އަހަރުގެ ބަޖެޓު މިދަނީ ހުސްވާން. މި ނިމެނީ ބަޖެޓު. މި ނޮވެންބަރު މަހު އަޅުގަނޑު މިދައްކަނީ 2025 ވަނަ އަހަރުގެ ބަޖެޓު ވިދާޅުވީ މައުނަވީ ތަރައްގީއަށްށޭ ހޭދަ ކުރީ. އިއްޒަތްތެރި ރައީސް މިއީ އަދި މާ ޒާތެއްގެ ތަރައްގީއެއް އެޅި ބްރިޖެއްގެ ތަނބެއް ނެތް، ހެދި ބަނދަރެއްގެ ނެރެއް ނެތް، ބޯހިޔާވަހިކަމުގެ ދޮރެއް ނެތް، އިއްޒަތްތެރި ރައީސް ހަގީގަތުގައި ވެސް ނެތޭ، އޭގެ މާނައަކީ ނުވެއޭ. ބޭހެއް ނުލިބޭ. އާސަންދަ އެކިކޮޅު ކޮޅުން ބްލީޑްވާތީ ޕެޗް އަޅަމުން ބައްދަމުން ކުޑަ ކުރަނީ. ވެރިން ކާ އާސަންދައިގެ ފުލެއް ވެސް ނެތް. އިންތިހާއަށް ބޮޑުވެފައި.

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

މީގެ އިތުރުން މެންބަރު ޒިޔާދު ވަނީ 2 އަހަރު ފާއިތުވެގެން ދިޔައިރު ވެސް ކޮތަޅުން ލިބޭ އާމްދަނީ ބަޖެޓުން ކަނޑާލެނިފައިނުވާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ މި ސަރުކާރު ގައުމު ހިންގަން ވިސްނާފައި އޮތީ ހަމައެކަނި ކޮތަޅުން ލިބޭ އާމްދަނީން ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ މިއީ ރައްޔިތުންގެ ބޯކާން ހަދާފައިވާ ބަޖެޓެއް ކަމަށާއި، އެ މަންޒަރު ކުރިއަށް އޮތް ލޯކަން ކައުންސިލް އިންތިޚާބުގެ ކެންޕޭންގެ ތެރޭގައި ފެންނާނެ ކަމަށެވެ. މި ބަޖެޓަށް އުންމީދު ކުރެވުނު ނަމަވެސް އިތުބާރު ރައީސް ޑރ.މުހައްމަދު މުއިއްޒަށް ނެތް ކަމަށާއި، އެމަނިކުފާނު ގެންދަވަނީ ބުހުތާނު ދޮގު ހައްދަވަމުން ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.

- ކޮމެންޓް