Advertisement
ކ. މާލެ
|
6 ނޮވެންބަރ 2025 | ބުރާސްފަތި 13:14
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރައީސް އޮފީސް
ވިޔަފާރިވެރިންނަށް ފައިސާ ދިނުން
ރައީސް މުއިއްޒު ވައުދުވި ގޮތަށް ވިޔަފާރިވެރިންނަށް ފައިސާ ނުދިން
މިއީ ވިޔަފާރިވެރިންނަށް ފައިސާ ދޭން ވައުދުވި 3 ވަނަ ފަހަރު
5 ހަފްތާ ތެރޭގައި ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ ބިލުތަކަށް ފައިސާ ދައްކާ ނިމޭނެ ކަމަށް ރައީސް ވިދާޅުވި

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިޔަފާރިވެރިންނަށް ފައިސާ ދެއްވަން ވައުދު ވެވަޑައިގެންވި ގޮތަށް ފައިސާ ނުދެވި ރައީސް ބޭޒާރުވެއްޖެ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ 17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ ހަވާލުވެވަޑައިގެންނެވި އިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް މަސައްކަތް ކުރުވާ ފައިސާ ނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދައްކާ ނިމޭނެ ކަމަށެވެ. ރައީސް އިތުރަށް ވިދާޅުވީ ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިގްތިސާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މީ ޙާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް ކަމަށެވެ.

ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް 5 ހަފްތާ ހަމަވީ ބުދަ ދުވަހުގެ ރޭ 7:44 ގަ އެވެ. ނަމަވެސް ރައީސް ވިދާޅުވި މި ވާހަކައަކީ އިތުރުފުޅަކަށްވެ އެމަނިކުފާނު ވަނީ ބޭޒާރުވެފަ އެވެ.

ސަރުކާރުން މި ފައިސާ ކުންފުނިތަކަށް ދޭން ނިންމީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފައިސާ ޗާޕު ކޮށްގެން ސަރުކާރަށް 2.5 ބިލިއަން ރުފިޔާ ޕެންޝަން ފަންޑު މެދުވެރިކޮށެވެ. ނަމަވެސް ސަރުކާރަށް ޕްރެޝަރު ބޮޑުވެ ސަރުކާރަށް އެކަން ކާމިޔާބުވެފައި އަދި ނުވެ އެވެ.

ފައިސާ ޗާޕު ނުކުރުމަކީ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ބޮޑު ވައުދެކެވެ. ރައީސް މުއިއްޒު އޭރު ވިދާޅުވަމުން ގެންދެވީ ކަންކަން ކުރެވޭ ވަރަށް ދައުލަތައް ކޮންމެ މަހަކު ފައިސާ ލިބޭ ކަމަށާއި ލޯނު ނެގުމާއި ފައިސާ ޗާޕުކުރުން ފަދަ ކަންކަން ކޮށްގެން ދައުލަތަށް ފައިސާ ހޯދަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވީ އެ ކަންކަން ނުކޮށް ފައިސާ ހޯދަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ކަންކަން ކުރަން ބޭނުންވާ ބޭރުގެ އެހީތެރިކަން ވެސް ހުރީ ހަމަ ޖެހި ނިމިފައި ކަމުގައެވެ. އަދި މި ސަރުކާރުން ފައިސާ ޗާޕު ނުކުރާނެ ކަމަށް ތަކުރާރުކޮށް އެކި ޕްލެޓްފޯމް ތަކުގައި އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިއީ ވިޔަފާރިވެރިންނަށް ފައިސާ ދޭނެ ކަމަށް ރައީސް ދެއްވި 3 ވަނަ ތާރިހެވެ. މީގެ ކުރިން މިދިޔަ ނޮވެމްބަރު، 2024 ގެ ކުރިން ދީ ހަލާސް ކުރާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އިރު، މިދިޔަ ރޯދަ މަހުގެ ކުރިން ދޫކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް މި ހުރިހާ ފަހަރަކު ވެސް އެމަނިކުފާނު ވަނީ އިތުރުފުޅު ހައްދަވާފަ އެވެ.

- ކޮމެންޓް