Advertisement
ކ. މާލެ
|
3 ނޮވެންބަރ 2025 | ހޯމަ 08:52
ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ބޭއްވި ރެލީއެއްގައި އޮބާމާ ވާހަކަ ދައްކަވަނީ
ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ބޭއްވި ރެލީއެއްގައި އޮބާމާ ވާހަކަ ދައްކަވަނީ
ރޮއިޓަރސް
އެމެރިކާ
ޓްރަމްޕްގެ ޤާނޫނާ ޚިލާފު އަމަލުތަކާ ދެކޮޅަށް ތެދުވުމަށް އޮބާމާ ގޮވާލައްވައިފި
އޮބާމާ ވަނީ ޓްރަމްޕް ވެރިކަން ކުރައްވަމުން އަންނަ ގޮތާއި، ޓްރަމްޕްގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ޓްރަމްޕްގެ ވެރި ކަމުގައި އެމެރިކާގެ ޑިމޮކްރަޓިކް އުސޫލުތަކާއި، މިނިވަން ކަަމަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވެފައިވާ ކަމަށް އޮބާމާ ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިންގަވަމުން ގެންދަވާ ޤާނޫނާ ޚިލާފު އަމަލުތަކާ ދެކޮޅަށް ތެދުވުމަށް، އެ ޤައުމުގެ ކުރީގެ ރައީސް ބަރަކް އޮބާމާ ގޮވާލައްވައިފި އެވެ.

އޮބާމާ މިހެން ގޮވާލައްވާފައި ވަނީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރަޓިކް ޕާޓީގެ ގަވަރުނަރު ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެއްވުމަށް ހޮނިހިރު ދުވަހު ބޭއްވި ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އޮބާމާ ގޮވާލައްވާފައި ވަނީ ކުރިއަށް އޮތް މިޑް ޓާމް އިންތިޚާބުގައި ޓްރަމްޕްގެ ޤާނޫނާ ޚިލާފު އަމަލުތަކާ ދެކޮޅަށް ވޯޓު ދެއްވުމަށެވެ.

އެމެރިކާގެ ގިނަ ރައްޔިތުން އަދި ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުންގެ މެދުގައި މިހާާރު ވެސް ވަރަށް ބޮޑު މަޤުބޫލު ކަމެއް ހޯއްދަވާފައިވާ އޮބާމާ އަންނަނީ އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ވާޖީނިއާގެ ގަވަރުނަރު ކެންޑިޑޭޓް އަބިގެއިލް ސްޕެންބާގް އަދި ނިއު ޖާސީގެ ކެންޑިޑޭޓް މައިކީ ޝެރިލް އަށް ތާއީދު ހޯދުމަށް އޮބާމާ ވަނީ ކެމްޕެއިން ރެލީގައި ވާހަކަ ދައްކަވައިފަ އެވެ.

އޮބާމާ ވަނީ ޓްރަމްޕް ވެރިކަން ކުރައްވަމުން އަންނަ ގޮތާއި، ޓްރަމްޕްގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ޓްރަމްޕްގެ ވެރި ކަމުގައި އެމެރިކާގެ ޑިމޮކްރަޓިކް އުސޫލުތަކާއި، މިނިވަން ކަަމަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވެފައިވާ ކަމަށް އޮބާމާ ވިދާޅުވި އެވެ. އެހެންކަމުން އެކަންކަމަށް ބަދަލު ގެނައުމަށް ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޮބާމާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ޓްރަމްޕް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވެފައި ވަނީ، ޓްރަމްޕްގެ ވެރި ކަމުގައި ޤާނޫނާ ޚިލާފު އަމަލުތައް ހިންގުމާއި، އެއްވެސް އުސޫލެއް އަދި ހަމައެއް ލަމައެއް ނެތި ކަންކަން ނިންމުމަކީ އާންމު ކަމަކަށް ވެފައިވާ ކަމަށެވެ.

މީގެ އިތުރުން އޮބާމާ ވަނީ ޑިމޮކްރަޓިކް ޕާޓީގެ އުސޫލުތަކާއި، އެ ޕާޓީގެ ހަމަތައް ދިފާއު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން އެ ޕާޓީ އަށް ނިސްބަތްވާ ކެންޑިޑޭޓުން އިންތިޚާބު ކުރުމަކީ، އެމެރިކާ ހަމަ މަގުން ކުރިއަށް ގެންދިޔުމަށް ކުރެވޭނެ މުހިންމު ކަމެއް ކަމަށް އޮބާމާ ސިފަ ކުރެއްވި އެވެ. އޮބާމާ ފާހަގަ ކުރެއްވި ގޮތުގައި، ސްޕެންބާގް އަދި ޝެރިލް އަކީ އެމެރިކާގެ ރައްޔިތުންގެ ހައްގު ތަކަށް ވަކާލާތު ކުރާނެ އަދި ހަގީގީ ބަދަލު ގެނެވޭނެ ކެންޑިޑޭޓުންނެވެ.

މިޑް ޓާމް އިންތިޚާބާ ދިމާކޮށް ޑިމޮކްރަޓިކް ޕާޓީ އިން ކުރިއަށް ގެންދިޔަ ކެމްޕެއިން ރެލީގައި ގިނަ އަދަދެއްގެ އާންމު މެމްބަރުން އަދި ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ. އޮބާމާގެ ވާހަކަތަކާ ގުޅިގެން ރެލީގައި ބައިވެރިވި ގިނަ އާންމުން ވަނީ ތަރުހީބު ދީ، ކެމްޕެއިންގެ ފޯރި ގެނެސްފަ އެވެ. މިއީ ކުރިއަށް އޮތް އިންތިޚާބަށް ޑިމޮކްރަޓިކް ޕާޓީ އިން ތައްޔާރުވުމަށް ކުރިއަށް ގެންދިޔަ ކެމްޕެއިން ރެލީ ތަކެވެ.

ސިޔާސީ މާހިރުން ފާހަގަ ކޮށްފައިވާ ގޮތުގައި އޮބާމާގެ ތާއީދު، އަދި ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް އޮބާމާ ނިކުންނެވުމަކީ ޑިމޮކްރަޓިކް ކެންޑިޑޭޓުންނަށް ވަރަށް ބޮޑު ފައިދާ އަކަށް ވާނެ އެވެ.

މަސްދަރު: ރޮއިޓާސް
- ކޮމެންޓް