Advertisement
ކ. މާލެ
|
30 އޮކްޓޯބަރ 2025 | ބުރާސްފަތި 09:56
ށ. މިލަންދޫ ޕޮލިސް ސްޓޭޝަން
ށ. މިލަންދޫ ޕޮލިސް ސްޓޭޝަން
ގޫގްލް މެޕްސް
ކޮއްތު ފައިސާގެ މައްސަލަ
ކޮއްތު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލަ އާއި ގުޅިގެން 4 ފުލުހަކަށް ފިޔަވަޅު އަޅައިފި
މިލަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުންތަކެއްގެ ބޭންކު އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާތީ ޑިސިޕްލިނަރީ ބޯޑުން ވަޒީފާއިން ވަކިކުރުމަށް ލަފާދީ އިސްތިއުނާފު މަރުހަލާ ނިމެންދެން ސަސްޕެންޑް ކުރުމަށް ނިންމި
މި މައްސަލައިގައި ޖުމްލަ 20 ފުލުހަކު ހިމެނޭއިރު އެކައުންޓަށް ޖަމާކުރަމުން ދިޔައީ ފުލުހުންނަށް ކާން ދޭން ކޭޓަރިން ހިދުމަތްދޭ މީހުންނަށް ދޫކުރާ ފައިސާ

ކޮއްތު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައާއި ގުޅިގެން 4 ފުލުހަކަށް ފިޔަވަޅު އަޅައިފި އެވެ.

ފުލުހުން ބުނީ ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުންތަކެއްގެ ބޭންކު އެކައުންޓަށް ގިނަ އަދަދެއްގެ ފއިސާ ޖަމާކޮށްފައިވާ މައްސަލަ ފުލުުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމާންޑުން ބެލުމަށްފަހު، ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ނިންމާފައިވަނީ ވަޒީފާއިން ވަކިކުރުމަށް ލަފާ ދިނުމަށާއި، އިސްތިއުނާފު މަރުހަލާ ނިމެންދެން ވަޒީފާއިން ސަސްޕެންޑް ކުުމަށް ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން 4 ފުލުހެއްގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މީގެ އިތުރުން ވެސް ވައެއް މުވައްޒަފުންގެ މައްސަލަ ބަލާ ޑީމޯޓް ކުރުމަށް ވެސް ނިންމާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑާޑްސް ކޮމާންޑް އިން ބަލަން ފެށީ މި އަހަރުގެ ޖުލައި މަހުގަ އެވެ.

މި މައްސަލައިގައި ޖުމްލަ 20 ފުލުހަކު ހިމެނެ އެވެ. މި މީހުންގެ އެކައުންޓަށް ޖަމާކުރަމުން ދިޔައީ ފުލުހުންނަށް ކާން ދޭން ކޭޓަރިން ހިދުމަތްދޭ މީހުންނަށް ދޫކުރާ ފައިސާ އެވެ.

- ކޮމެންޓް