Advertisement
ކ. މާލެ
|
28 އޮކްޓޯބަރ 2025 | އަންގާރަ 09:53
ލީގުގައި ނިއު ރޭޑިއަންޓް އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން
ލީގުގައި ނިއު ރޭޑިއަންޓް އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން
އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއަރ ލީގު
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި
މެޗުން މޮޅުވެ ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު ނިއު ރޭޑިއަންޓް އަށް އޮތް ނަމަވެސް، އެއްވަރުގެ އެ ޓީމު އޮތީ ދެ ވަނައިގަ އެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ ފަސް މެޗުން ނިއު ރޭޑިއަންޓް އަށް ލިބެނީ 13 ޕޮއިންޓެވެ. މިއީ ލީގުގައި ނިއު ރޭޑިއަންޓް އިން މޮޅެއް ނުލިބި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.

މިހާރު ކުރިއަށްދާ ދިރާހު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އެއްވަރުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނަމަވެސް، މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނިއު ރޭޑިއަންޓްގެ އަލީ ފާޞިރު (ސެންޓޭ) އަށް ލަނޑު ޖަހަން ފުރުސަތު ލިބުނުއިރު، އޭނާ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ ފަހުން މެޗުގައި ނިއު ރޭޑިއަންޓްގެ އަޙުމަދު ހުސާމް އަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބި، ބޭނުން ނުކުރެވިފަ އެވެ.

ނިއު ރޭޑިއަންޓްއާ ދެކޮޅަށް ކުޅުނު މެޗުގައި އީގަލްސް އިން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހަން ފުރުސަތު ތަކެއް ހޯދައިފަ އެވެ. އެގޮތުން އީގަލްސްގެ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އަށް ވަނީ ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިފަ އެވެ.

މެޗުން މޮޅުވެ ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު ނިއު ރޭޑިއަންޓް އަށް އޮތް ނަމަވެސް، އެއްވަރުގެ އެ ޓީމު އޮތީ ދެ ވަނައިގަ އެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ ފަސް މެޗުން ނިއު ރޭޑިއަންޓް އަށް ލިބެނީ 13 ޕޮއިންޓެވެ. މިއީ ލީގުގައި ނިއު ރޭޑިއަންޓް އިން މޮޅެއް ނުލިބި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.

ލީގު ތާވަލްގެ އެއް ވަަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީ ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާ އެކު އެވެ. ނިއު ރޭޑިއަންޓްގެ އިތުރުން ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބަށް ވެސް ލިބެނީ ފަސް މެޗުން 13 ޕޮއިންޓެވެ.

ނިއު ރޭޑިއަންޓް އަތުން ޕޮއިންޓެއް ހޯދި އީގަލްސް އޮތީ ފަސް މެޗުން ތިން ޕޮއިންޓާ އެކު އަށް ވަަނައިގަ އެވެ.

- ކޮމެންޓް