Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2025 | ހޯމަ 22:24
ޝުއައިބު އަބްދުއްރަހްމާން
ޝުއައިބު އަބްދުއްރަހްމާން
ޓްވިޓަރ
އެންއައިސީ
އެންއައިސީ ގެ ރައީސް ކަމަށް ޝުޢައިބު ޢަބްދުއްރަހްމާނު އައްޔަން ކުރައްވައިފި
މިއީ، އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު، މި ކޮމިޝަނުގެ މެމްބަރު ކަމަށް ޢައްޔަންކުރެއްވި ދެވަނަ ދައުރު

ރައީސް މުޙައްމަދު މުޢިއްޒު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސް ކަމުގެ މަޤާމަށް އެކޮމިޝަނުގެ މެންބަރު، ދަފްތަރު. ނަންބަރު ރސ 1188 އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު، ޢައްޔަންކުރައްވައިފި އެވެ.

މިއީ، އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު، މި ކޮމިޝަނުގެ މެމްބަރު ކަމަށް ޢައްޔަން ކުރެއްވި ދެވަނަ ދައުރެވެ.

އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު، މިކޮމިޝަނުގެ ރައީސް ކަމަށް ޢައްޔަން ކުރައްވާފައި ވަނީ ކުރިން މިކޮމިޝަނުގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި ބޭފުޅާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

- ކޮމެންޓް