Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2025 | ހޯމަ 17:57
ކަސްޓަމްސް
ކަސްޓަމްސް
މޯލްޑިވްސް ކަސްޓަމްސް ސާރވިސް
ކަސްޓަމްސް އިން ގާނޫނާ ޚިލާފަށް ސަލާމަތީ ސެޓްފިކެޓު ނެތް ލޯންޗެއް ދުއްވިކަން ހާމަވެއްޖެ
ގަވައިދާ ޚިލާފަށް އެތެރެ ކުރި ސިނގިރޭޓު ތަކެއްގެ މައްސަލަ ބަލަން ހިންގި އޮޕަރޭޝަން ލަސްވީ ބޯޓު ކައިރިއަށް ދާނެ ލޯންޗެއް ކަސްޓަމްސްއަށް ނުލިބުމުގެ ސަބަބުން

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ގާނޫނާ ކަނޑައެޅިގެން ޚިލާފަށް، އެއްވެސް ސަލާމަތީ ސެޓްފިކެޓެއް ނެތް ލޯންޗެއް ދުއްވިކަން ހާމަވެއްޖެ އެވެ.

މިކަން ހާމަވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވި ކަސްޓަމްސް އާ ގުޅޭގޮތުން މަޖިލީހުގެ 241 ކޮމިޓީން ދިރާސާކޮށްފައިވާ މައްސަލަތަކުގެ ރިޕޯޓުންނެވެ. އެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް އިއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.

241 ކޮމިޓީގެ ރިޕޯޓުގައި ބުނީ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި ގާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖެ އަށް ސިނގިރެޓު އެތެރެކުރި މައްސަލަ ބެލުމަށް 28 އޮކްޓޫބަރު 2024 ގައި މޯލްޑިވްސް ކަސްޓަމްސް ސަރިވިސް އިން ހިންގި އޮޕަރޭޝަން ފެށުން ލަސްވި ކަން ކަސްޓަމްސްގެ މުވައްޒަފުން ހާމަކޮށްފައިވާ ކަމަށެވެ.

އޮޕަރޭޝަން ފެށުން ލަސްވީ ބޯޓު ކައިރިޔަށް ކަސްޓަމްސްގެ އޮފިސަރުން ދާނެ ލޯންޗެއް ނެތިގެން ކަމަށާ ފުލުހުންނާ ގުޅައިގެން ވެސް ލޯންޗެއް ނުލިބުނު ކަމަށް އެ މުވަައްޒަފުން ބުނެފައިވާ ކަމަށް ވެސް ރިޕޯޓުުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެންމެ ފަހުން ބޯޓު ކައިރިއަށް ކަސްޓަމްސްގެ އޮފިސަރުން ދިޔައީ ޖަޕާނު ސަރުކާރުން ކަސްޓަމްސް އަށް ހަދިޔާކޮށްފައި އޮތް ސަލާމަތީ ސެޓްފިކެޓު ނުހައްދާ އޮތް ލޯންޗެއްގައި ކަމަށް އޮފިސަރުން ބުނެފައިވޭ.

241 ކޮމިޓީ ރިޕޯޓު

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން ކަނޑުގައި ދުއްވާ ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރު، ސަލާމަތީ ސެޓްފިކެޓްތައް ނުހައްދައި ދުއްވައިފިކަން ނުވަތަ އޮޕަރޭޓު ކުރާކަން ސާބިތު ވެއްޖެނަމަ، އެ އުޅަނދަށް ހޯދަންޖެހޭ ކޮންމެ ސެޓްފިކެޓަކަށް 1000 ރުފިޔާއިން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރެވޭނެ އެވެ.

އޭގެ އިތުރުން އުޅަނދު ދުއްވި ކެޕްޓަން 2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާ ކުރި ކުށުގެ މައުލޫމާތު އެ އުޅަނދު ދުއްވި ކެޕްޓަނުގެ ލައިސަންސްގައި އެންޑޯޒް ކުރެވޭނެ ކަމަށް ވެސް ގާނޫނުގައި ބަޔާން ކޮށްފައިވެ އެވެ.

ގާނޫނުގައި ބުނީ ސަލާމަތީ ސެޓްފިކެޓްތަކުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަމެއް އުޅަނދުގައި ފުރިހަމަ ކުރެވިފައި ނެތްނަމަ އެކަމެއްގެ ބާވަތަށް ބަލައި، 500 ރުފިޔާ އިން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި އުޅަނދު ދުއްވި ފަރާތް 500 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާ ކުރި ކުށުގެ މައުލޫމާތު އެ އުޅަނދު ދުއްވި ކެޕްޓަނުގެ ލައިސަންސްގައި އެންޑޯޒް ކުރެވޭނެ ކަމަށެވެ.

ގާނޫނާ ޚިލާފަށް އުޅަނދު ދުއްވުމުގެ ސަބަބުން ގާނޫނާ ޚިލާފުވި ފަރާތްތަކާ މެދު އެޅި ފިޔަވަޅެއް 241 ކޮމިޓީގެ ރިޕޯޓު ގައި ފާހަގަ ކޮށްފަ އެއް ނުވެ އެވެ.

- ކޮމެންޓް