Advertisement
ކ. މާލެ
|
26 އޮކްޓޯބަރ 2025 | އާދީއްތަ 10:13
ލޭބާ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް ހޮވުނު ޕަވެލް އަދި ބޮޑު ވަޒީރު ސްޓާމާ
ލޭބާ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް ހޮވުނު ޕަވެލް އަދި ބޮޑު ވަޒީރު ސްޓާމާ
ރޮއިޓަރސް
އިނގިރޭސިވިލާތް
ލޭބާ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް ލޫސީ ޕަވެލް ހޮވައިފި
އިންތިޚާބުގައި ޕަވެލްއާ ވާދަކޮށްފައި ވަނީ އެޑިއުކޭޝަން ސެކްރެޓަރީ ބްރިޖެޓް ފިލިޕްސަން އެވެ. އިންތިޚާބުގައި ޕަވެލް ވަނީ 87،407 ވޯޓު ހޯދައިފަ އެވެ. ޕަވެލް އާއި، ފިލިޕްސަންއާ ދެމެދު ވަނީ 14،000 ވޯޓުގެ ފަރަގު ހުއްޓެވެ.

އިނގިރޭސީވިލާތުގައި ވެރިކަން ކުރަމުން އަންނަ ލޭބާ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް، ލޫސީ ޕަވެލް އިންތިޚާބު ކޮށްފި އެވެ.

ލޭބާ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި އެންޖެލާ ރޭނާ އިސްތިއުފާ ދެއްވުމާ އެކު، އެ މަގާމަށް މީހަކު ހޮވުމަށް ކުރިއަށް ގެންދިޔަ އިންތިޚާބުގައޮ މެންޗެސްޓަރ ސެންޓްރަލްގެ މެމްބަރުކަން ކުރަމުން އަންނަ ޕަވެލް ވަނީ ކުރި ހޯދައިފަ އެވެ.

އިންތިޚާބުގައި ޕަވެލްއާ ވާދަކޮށްފައި ވަނީ އެޑިއުކޭޝަން ސެކްރެޓަރީ ބްރިޖެޓް ފިލިޕްސަން އެވެ. އިންތިޚާބުގައި ޕަވެލް ވަނީ 87،407 ވޯޓު ހޯދައިފަ އެވެ. ޕަވެލް އާއި، ފިލިޕްސަންއާ ދެމެދު ވަނީ 14،000 ވޯޓުގެ ފަރަގު ހުއްޓެވެ.

ޕެވެލް ވަނީ ޕާޓީގެ އާންމު މެމްބަރުންގެ އަޑު އުފުލުމަށާއި، ސަރުކާރުގެ މިސްރާބު ބަދަލު ކުރުމަށް ގޮވާލައި ވަރުގަދަ އަށް ކެމްޕެއިން ކޮށްފަ އެވެ. އެއަށް ފަހު ޑެޕިއުޓީ ލީޑަރުގެ މަގާމު އޭނާ ހޯދާފައިވާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ ވަނީ ބޮޑު ވަޒީރު ކިއާ ސްޓާމާގެ ކެބިނެޓުން ވަކި ކޮށްފަ އެވެ. އޭނާ އަށް ތާއީދު ކޮށްފައި ވަނީ ސްޓާމާގެ ލީޑާޝިޕްގެ ދަށުން ސަރުކާރު ހިންގަމުން އަންނަ ގޮތާ މެދު ހިތްހަމަ ނުޖެހޭ މެމްބަރުންނެވެ.

އިންތިޚާބުގެ ކާމިޔާބީ އަށް ފަހު ޕެވެލް ދެއްވި ތަޤުރީރުގައި އޭނާ ވަނީ ލޭބާ ޕާޓީ ހަރުދަނާވާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ވަނީ ލޭބާ ޕާޓީގެ މެންބަރުންގެ ޗެމްޕިއަން އަކަށް ވާނެ ކަމަށް ވެސް ވައުދުވެފަ އެވެ. އަދި ހަމަ އެހެންމެ ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރު ކާމިޔާބު ކުރުމަށް އެހީތެރި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަަމަވެސް، ކަންކަން ރަނގަޅު ކުރުމަށް ލޭބާ ޕާޓީ އިން ކަންކަން ކުރާ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ޕަވެލް އާއި ފިލިޕްސަން ވަނީ މީގެ ކުރިން ސަރުކާރުގެ ކެބިނެޓުގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. އަދި މި ދެ މީހުންނަކީ ސިޔާސީ ގޮތުން ވެސް ގާތް ދެ މީހުންނަށް ވާއިރު، އިންތިޚާބުގައި ފެނިގެން ދިޔައީ ވެސް އެ ފަދަ އެކުވެރި ކަމެއް ކަމަށް ރިޕޯޓުތަކުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

މަސްދަރު: ބީބީސީ
- ކޮމެންޓް