Advertisement
ކ. މާލެ
|
28 އޮކްޓޯބަރ 2025 | އަންގާރަ 13:13
ތުރުކީގެ ރައީސް އުރުދުޣާން އަދި އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ
ތުރުކީގެ ރައީސް އުރުދުޣާން އަދި އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ
ރޮއިޓަރސް
އިނގިރޭސިވިލާތް-ތުރުކީ
20 ޔޫރޯފައިޓާ ޖެޓު ގަތުމުގެ އެއްބަސްވުމެއްގައި އިނގިރޭސިވިލާތާއި ތުރުކީ އިން ސޮއި ކޮށްފި
ސްޓާމާ ތުރުކީ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އަށް ބިލިއަން ޕައުންޑު، ނުވަތަ 10.7 މިލިއަން އެމެރިކާ ޑޮލަރު ގަތުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެ އެއްބަަސްވުމުގެ ދަށުން ތުރުކީ އަށް 20 ޔޫރޯފައިޓާ ޓައިފޫން ހަނގުރާމަ ޖެޓު ލިބިގެންދާނެ އެވެ.

އިނގިރޭސިވިލާތް މެދުވެރިކޮށް ތުރުކީ އަށް 20 ޔޫރޯފައިޓާ ޖެޓު ގަތުމުގެ އެއްބަސްވުމެއްގައި ދެ ޤައުމުން ސޮއި ކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ތުރުކީ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ. ސްޓާމާ ތުރުކީ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އަށް ބިލިއަން ޕައުންޑު، ނުވަތަ 10.7 މިލިއަން އެމެރިކާ ޑޮލަރު ގަތުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެ އެއްބަަސްވުމުގެ ދަށުން ތުރުކީ އަށް 20 ޔޫރޯފައިޓާ ޓައިފޫން ހަނގުރާމަ ޖެޓު ލިބިގެންދާނެ އެވެ.

މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ތުރުކީ އާއި އިނގިރޭސިވިލާތާ ދެމެދު 40 ޓައިފޫން ޖެޓު ގަތުމުގެ އިބްތިދާއީ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވެ އެވެ. އެ އެއްބަސްވުން ވަނީ ޔޫރޯފައިޓާ ކޮންސޯޓިއަމްގެ މެމްބަރުން ކަމަށްވާ ޖަރުމަނު، އިޓަލީ އަދި ސްޕެއިން ފަދަ ޤައުމު ތަކުން ވެސް ފާސްކޮށްފަ އެވެ.

ތުރުކީގެ އަންކާރާގައި ސްޓާމާ ވަނީ އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާންއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، މިއީ އިސްރާއީލް ފަަދަ ސަރަހައްދީ ވާދަވެރިންނާ އެއް ހަމައެއްގައި ވާދަ ކުރުމަށް ތުރުކީ އަށް މުހިންމު ފިޔަވަޅެއް ކަމަށް ބެލެވޭ ކަމަށް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ.

ތުރުކީގެ ރައީސް އުރުދުޣާން އެ އެއްބަސްވުން ސިފަ ކުރައްވާފައި ވަނީ އިނގިރޭސިވިލާތާ އެކު ދިފާއީ އެއްބާރުލުމުގެ އައު ނިޝާނެއްގެ ގޮތުގަ އެވެ. ތުރުކީގެ ދިފާއީ ވުޒާރާ އިން ބުނެފައި ވަނީ، އޮމާން އަދި ޤަތަރުން އިތުރު 24 ޔޫރޯފައިޓާ ޓައިފޫން ޖެޓު ގަތުމަށް ރޭވިފައިވާ ކަމަށެވެ.

މެދު އިރުމަތީގެ ސަރަހަައްދުގައި އިސްރާއީލްގެ އެއާ ފޯސްގެ ޙަރަކާތްތައް އިތުރު ވެފައިވާ މި ދަނޑިވަޅުގައި، ތުރުކީގެ ވައިގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށް އެ އެއްބަސްވުން މުހިންމުވާ ކަމަށް ތުރުކީ ސަރުކާރުގެ އިސްވެރިން ވަނީ ފާހަގަ ކޮށްފަ އެވެ. ތުރުކީގެ އަމިއްލަ "ކާން" ފައިޓާ ޖެޓު ތައްޔާރުވަން ދެން މި ޖެޓުތަކުން ވައިގެ ދިފާއީ ނިޒާމު ބާރު ގަދަވެ، ޚަރުދަނާ ކުރެވޭނެ ކަމަށް ވެސް ބެލެވެ އެވެ.

ނޭޓޯގެ ދެ ވަނަ އަށް އެންމެ ބޮޑު ހަތިޔާރުގެ ބާރު އޮންނަ ތުރުކީ އަކީ، ޔުކްރެއިންގެ ހަނގުރާާމަ އަށް ފަހު ޔޫރަޕުގެ އިރުމަތީ ސަރަހައްދު ހިމާޔަތް ކުރުމަށް މުހިންމު ބައިވެރި އަކަށް ވާނެ އެެވެ. މިއީ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކަމަށް ސްޓާމާ ވަޑައިގެންނެވި ފަހުން ތުރުކީ އަށް ކުރެއްވި ފުރަތަަމަ ދަތުރުފުޅެވެ.

މަސްދަރު: އެޖެންސީސް
- ކޮމެންޓް