Advertisement
ކ. މާލެ
|
15 އޮކްޓޯބަރ 2025 | ބުދަ 22:23
ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ވަނީ ސަސްޕެންޑްކޮށްފައި
ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ވަނީ ސަސްޕެންޑްކޮށްފައި
ރާއްޖެއެމްވީ
ސިނގިރޭޓުގެ ވައްކަން
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި
13.6 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި އެމްޕީއެލްގެ 6 މުވައްޒަފަކާއި، މިފްކޯގެ ޖެނެރަލް މެނޭޖަރާއި، ކަސްޓަމްސްގެ މުވައްޒަފެއް ވަނީ ސަސްޕެންޑް ކުރެވިފަ
ވަގަށް ނެގުނު ސިނގިރޭޓުން ސަރުކާރަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށް ވުރެ ގިނައިން ލިބެންޖެހޭ

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ކަސްޓަމްސް އިން ބުނީ މިމައްސަލައިގައި ތުހުމަތުކުރެވޭ މިސަރވިސްގެ މުވައްޒަފެއްކަމުގައިވާ، ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއިލް ވަނީ ބުދަ ދުވަހުން ފެށިގެން ވަޒީފާއިން ސަސްޕެންޑުކުރެވިފަ އެވެ. އަދި ތަހުޤީޤަށް ފާހަގަކުރެވޭ ކަންކަމަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

މީގެ އިތުރުން މި މައްސަލައިގައި އެމްޕީއެލްގެ 6 މުވައްޒަފަކާއި މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.

އެމްޕީއެލްއިން ބުނީ 12 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ 5 މުވައްޒަފުން ވަނީ ވަޒީފާ އިން ސަސްޕެންޑްކޮށްފައި ކަމަށާއި އަދި އިތުރު މުވައްޒަފަކު 15 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމްޕީއެލްގެ ތަޙުޤީޤު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓަރނަލް އޮޑިޓްއިން މިހާރު ވެސް ދަނީ މި މައްސަލައާ ގުޅޭ ތަޙުޤީޤު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަމުން ކަމަށް ބުނެފައިވެއެވެ.

ފުލުހުން އަންގާރަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނާ ގޮތުގައި 13 މިލިއަން ސިނގިރޭޓް ވަގައް ނެގުމުގެ ހާދިސާ ހިނގާފައިވަނީ 26 އޭޕްރިލް 2025 ގައި ކަމަށާއި، މި މައްސަލަ ރަސްމީކޮށް ރިޕޯޓު ކޮށްފައި ވަނީ 9 އޮކްޓޯބަރު 2025 ގައި ކަމަށެވެ. ފުލުހުން އިތުރަށް ބުނެފައި ވަނީ 12 މީހެއްގެ މައްޗަށް ފުރުން މަނާ ކުރުމުގެ އަމުރެއް ނެރެ، މި އޮޕަރޭޝަނާ ގުޅުން ހުރި އެކި އުޅަނދުފަހަރާއި ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ވަގައް ނެގި މުދަލުގެ ތެރޭގައި ހިމެނެނީ ކަސްޓަމްސް ސާވިސް އިން ހިފަހައްޓާ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބެހެއްޓިފައިވާ 1،360 ކޭސް (ގާާތްގަނޑަކަށް 13.6 މިލިއަން ސިނގިރޭޓް) އެވެ. މި އަދަދުގެ ސިނގިރޭޓުން ސަރުކާރަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާ އަށް ވުރެ ގިނަ އިން ލިބެން ޖެހޭނެ ކަމަށް ބެލެވެއެވެ.

- ކޮމެންޓް