Advertisement
ކ. މާލެ
|
13 އޮކްޓޯބަރ 2025 | ހޯމަ 12:18
ހަމާސް އިން މިނިވަން ކުރި ރަހީނުން ގޮވައިގެން ދަތުރު ކުރި އައިސީއާރްސީގެ އުޅަނދު
ހަމާސް އިން މިނިވަން ކުރި ރަހީނުން ގޮވައިގެން ދަތުރު ކުރި އައިސީއާރްސީގެ އުޅަނދު
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ރަހީނުންގެ ތެރެއިން ހަތް މީހަކު ހަމާސް އިން މިނިވަން ކޮށްްފި
ހޯމަ ދުވަހު ހަމާސް އިން ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންގެ ތެރެއިން ފުރަތަމަ ހަތް މީހުން މިނިވަން ކޮށްފައި. ހަމާސް އިން އެ މީހުން ހަވާލު ކޮށްފައި ވަނީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އާ އެވެ.

ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން، އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރަހީނުންގެ ތެރެއިން ހަތް މީހަކު މިނިވަން ކޮށްފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޕްލޭން އަށް މަޝްވަރާ ކުރުމަށް ފަހު، ހަމާސް އާއި އިސްރާއީލް އިން ވަނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފަ އެވެ. އަދި ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، އޭގައި ހިމެނެނީ ހަނގުރާމަ ހުއްޓާލުމަށާއި ރަހީނުން މިނިވަން ކުރުމަށެވެ.

ހޯމަ ދުވަހު ހަމާސް އިން ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންގެ ތެރެއިން ފުރަތަމަ ހަތް މީހުން މިނިވަން ކޮށްފަ އެވެ. ހަމާސް އިން އެ މީހުން ހަވާލު ކޮށްފައި ވަނީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އަށެވެ.

އިސްރާއީލް އިން ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ. އައިސީއާރްސީގެ އުޅަނދު ތަކުގައި ރަހީނުން އިސްރާއީލްގެ އަސްކަރިއްޔާއާ ހަވާލު ކުރުމަށް ފަހު، އެ މީހުންގެ އާއިލާތަކާ ވެސް ވަނީ ބައްދަލު ކޮށްފަ އެވެ. އަދި އެ މީހުންގެ ހެލިކޮޕްޓަރު ތަކުގައި އިސްރާއީލްގެ މެދު ތެރޭގެ ސަރަހައްދެއްގައި ހުރި ހޮސްޕިޓަލަކަށް ގެންދެވޭނެ ކަމަށް ވެސް ވަނީ ހާމަ ކޮށްފަ އެވެ.

މީގެ އިތުރުން އައިސީއާރްސީ އިން ހާމަ ކޮށްފައިވާ ގޮތުގައި އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް ހަމާސްގެ ބެލުމުގެ ދަށުގައި ތިބި 20 ރަހީނުން މިނިވަން ކުރުމުގެ މަސައްކަތް ވަނީ ފެށިފަ އެވެ. މިއީ ޣައްޒާގައި ހިނގަމުން އައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށްވާއިރު، މަރުވެފައިވާ ރަހީނުންގެ ހަށިތައް ވެސް ހަވާލު ކުރެވޭނެ އެވެ.

އެއްބަސްވުމާ އެއްގޮތަށް ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންގެ ތެރެއިން ބައެއް މީހުން މިނިވަން ކުރުމާ ގުޅިގެން، އިސްރާއީލްގެ ޖަލު ތަކުގައި ބަންދު ކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުން ވެސް މިނިވަން ކުރެވޭނެ އެވެ. މީގެ އިތުރުން ޣައްޒާ އަށް އިންސާނީ އެހީ ފޯރު ކޮށްދިނުމަށް ވެސް އެއްބަސްވުމުގައި ވަނީ ހިމަނައިފަ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާއިރު، ހަނގުރާމަ ކުރިއަށް ގެންދާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އިސްރާއީލް އިން ޣައްޒާގައި ހިންގި ހަނގުރާމައިގައި ވަނީ 67،000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފަ އެވެ.

މަސްދަރު: އެޖެންސީސް
- ކޮމެންޓް