Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2025 | ހޮނިހިރު 20:46
'ލޫޓުވައިފި. ލޫޓުވައިފި' ބޮޑު އެއްވުމަށް ތައްޔާރުވުމަށް ހުޅުމާލޭގައި ބޭއްވި ހަރަކާތުގެ ތެރެއިން
'ލޫޓުވައިފި. ލޫޓުވައިފި' ބޮޑު އެއްވުމަށް ތައްޔާރުވުމަށް ހުޅުމާލޭގައި ބޭއްވި ހަރަކާތުގެ ތެރެއިން
ރާއްޖެއެމްވީ
އެމްޑީޕީ
ލޫޓުވައިފި، ލޫޓުވައިފި ބޮޑުއެއްވުމަށް ތައްޔާރުވުމުގެ ހަރަކާތެއް ހުޅުމާލޭގައި ބާއްވައިފި
އެމްޑީޕީން މާލޭގައި 'ލޫޓުވައިފި، ލޫޓުވައިފި' ނަމުގައި ބޮޑު އެއްވުމަކަށް ދަނީ ތައްޔާރުވަމުން
ހުޅުމާލޭގައި ޕިކަޕް ޖަލްސާގެ ނަމުގައި ހޮނިހިރު ދުވަހު ހަވީރު ހަރަކާތްތަކެއް ބޭއްވި
ސަރުކާރުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ ރައްޔިތުންގެ ބޭސްފަރުވާއާއި ޑޮލަރުގެ އަގު މައްޗަށް ދިޔުމާމެދު ނުރުހުން ފާޅުކުރި

އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އިން އިންތިޒާމު ކުރަމުންދާ 'ލޫޓުވައިފި، ލޫޓުވައިފި' ބޮޑު އެއްވުމަށް ތައްޔާރު ވުމުގެ ގޮތުން ހުޅުމާލޭގައި ހޮނިހިރު ދުވަހު ހަވީރު ޚާއްސަ ހަރަކާތެއް ބާއްވާފިއެވެ.

'ޕިކަޕް ޖަލްސާ' ގެ ނަމުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ރައްޔިތުންގެ ބޭސްފަރުވާ އަށާއި، ޑޮލަރުގެ އަގު ބޮޑުވުމާއި، ތަކެތީގެ އަގު މައްޗަށް ދިއުން ފަދަ ދިރިއުޅުމަށް ދަތިވާ އެތައް ކަމެއް ކުރަމުން ގެންދާކަން ފާހަގަ ކޮށް ނުރުހުމުގެ ޝުއޫރު ފާޅު ކޮށްފައިވެއެވެ.

އެމްޑީޕީގެ ގިނަ ހަރަކާތްތެރިންނާއި ސަޕޯޓަރުން ބައިވެރިވި މި ހަރަކާތުގައި އަދުގެ ސަރުކާރުން ގާނޫނު އަސާސީ އަށާއި ގާނޫނުތަކަށް ބަދަލުތައް ގެނެސް ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކަށް އަރައިގަންނާތީ އެކަމާ ނުރުހުން ފާޅުކޮށް ވާހަކަ ދެއްކުން އޮތެވެ.

މިި ހަރަކާތުގެ ތެރޭން ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި، އަންނަމަހު 3 ވަނަ ދުވަހު މާލޭގައި، 'ލޫޓުވައިފި، ލޫޓުވައިފި' ނަމުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ބޮޑު އެއްވުމަށް ތައްޔާރު ކޮށްފައިވާ ޚާއްސަ ލަވަ ޖެހުމާއި އެކު އެ އެއްވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ދައުވަތު ދީފައިވެއެވެ.

- ކޮމެންޓް