Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2025 | ހޮނިހިރު 12:33
މީގެ ކުރިން އޮތް އދ ގެ ބައްދަލުވުމެއްގައި ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސް
މީގެ ކުރިން އޮތް އދ ގެ ބައްދަލުވުމެއްގައި ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސް
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
އެމެރިކާ އިން ވިސާ ނުދިނުމުން، ފަލަސްޠީނުގެ ރައީސް އައްބާސް އަށް ވީޑިއޯ މެދުވެރިކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު
ހުކުރު ދުވަހު އެކަމަށް ނެގި ވޯޓުގައި 145 ޤައުމަކުން ވަނީ އައްބާސް އަށް އެ ފުރުސަތު ދޭން ފެންނަ ކަމަށް ވޯޓު ދީފަ އެވެ. އަދި އެކަމާ ދެކޮޅަށް ވޯޓު ދީފައި ވަނީ ފަސް ޤައުމަކުންނެވެ.

އދ ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާ އަށް ދަތުރު ކުރުމަށް ބޭނުންވާ ވިސާ، ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސް އަށް ދިނުމަށް އެ ޤައުމުން ދެކޮޅު ހެދުމުން، އދ ގައި ވީޑިއޯ މެދުވެރިކޮށް ވާހަކަ ދެއްކެވުމުގެ ފުރުސަތު އައްބާސް އަށް ދީފި އެވެ.

ހުކުރު ދުވަހު އެކަމަށް ނެގި ވޯޓުގައި 145 ޤައުމަކުން ވަނީ އައްބާސް އަށް އެ ފުރުސަތު ދޭން ފެންނަ ކަމަށް ވޯޓު ދީފަ އެވެ. އަދި އެކަމާ ދެކޮޅަށް ވޯޓު ދީފައި ވަނީ ފަސް ޤައުމަކުންނެވެ.

އިސްރާއީލް އާއި ފަލަސްޠީނާ ދެމެދު ދެ ދައުލަތުގެ ޙައްލު ހޯދުމަށް، ފްރާންސް އަދި ސައުދީ އަރަބިއްޔާ އިން އިސް ނަގައިގެން ބާއްވާ ބައްދަލުވުމުގައި އައްބާސް ބައިވެރިވާން އޮތީ ރާވައިފަ އެވެ. އެ ބައްދަލުވުމުގައި ފްރާންސް އާއި އިނގިރޭސިވިލާތުގެ އިތުރުން، ކެނެޑާ އަދި އޮސްޓްރޭލިއާ އިން ވެސް ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ވަނީ ނިންމައިފަ އެވެ.

ޤައުމު ތަކުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަކީ އެމެރިކާ އިން ރުހޭ ކަމެއް ނޫނެވެ. އެމެރިކާ އިން ބުނެފައި ވަނީ އެފަދަ ނިންމުން ތަކުގެ ސަބަބުން ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތަށް ހިތްވަރު ލިބޭނެ ކަމަށެެވެ. އަދި ހަނގުރާމަ ހުއްޓާލުމަށާއި، ރަހީނުން މިނިވަން ކުރުމުގައި އެއްބަސްވުމަކަށް އައުމުގެ މަގު ހަނިވެގެން ދާނެ ކަމަށް ވަނީ ބުނެފަ އެވެ.

އދ ގެ ބައްދަލުވުމުގައި ބައިވެރިވާ ފަލަސްޠީނުގެ ވަފުދަށް ވިސާ ދިނުމަށް އެމެރިކާ އިން ވަނީ ދެކޮޅު ހަދައިފަ އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ، ފަލަސްޠީނުގެ ރައީސް އައްބާސް ހިމެނޭހެން، އެ ޤައުމުގެ 80 އަށް ވުރެ ގިނަ އޮފިޝަލުންގެ ވިސާ ބާތިލު ކޮށްފަ އެވެ. އެ ނިންމުން ނިންމާފައި ވަނީ، ސުލްޙަވެރިކަން ޤާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސް އަޅާ ކަމުގެ ތުހުމަތު ކުރުމަށް ފަހު އެވެ.

ފްރާންސް އާއި ސައުދީ އަރަބިއްޔާ އިން ހުށަހަޅާފައިވާ ޕްލޭންގައި ބުނެފައި ވަނީ، 1967 ވަނަ އަހަރުގެ ހަނގުރާމައިގައި އިސްރާއީލް އިން ހިފާފައިވާ ވެސްޓް ބޭސްކް، ޣައްޒާ އަދި އިރުމަތީ ޖެރޫސަލަމްގައި ފަލަސްޠީނުގެ ދައުލަތް ޤާއިމު ކުރުމަށް ހުށަހަޅާ ކަމަށެވެ.

އދ ގެ ބައްދަލުވުމުގައި ބައިވެރިވާ ފަލަސްޠީނުގެ ވަފުދަށް ވިސާ ދިނުމަށް އެމެރިކާ އިން ދެކޮޅު ހަދާފައިވާއިރު، ގިނަ ޤައުމު ތަކުން ވަނީ އެކަމާ ނުރުހުން ފާޅު ކޮށްފަ އެވެ. އަދި އދ އާއި، އެމެރިކާއާ ދެމެދު ސޮއި ކޮށްފައިވާ އެއްބަސްވުމުގައި ބުނެފައިވާ ގޮތުން، އދ ގެ މައި މަރުކަޒު އެމެރިކާގެ ނިއު ޔޯކުގައި ހުންނައިރު، އދ ގެ ބޭނުން ތަކަށް ދަތުރު ކުރާ ފަރާތްތަކަށް އެ ޤައުމަށް އެތެރެވުމުގެ ހުއްދަ ދޭން ވާނެ ކަމަށެވެ.

މަސްދަރު: ދި އެސޯސިއޭޓެޑް ޕްރެސް
- ކޮމެންޓް