Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2025 | ބުދަ 12:37
އދ ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން
އދ ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން
ރޮއިޓަރސް
އިސްރާއީލް-ޤަތަރު
އިސްރާއީލް އިން ޤަތަރަށް ދިން ހަމަލާއާ ގުޅިގެން ޔޫއެން ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް
އަލްޖީރިއާ އަދި ޕާކިސްތާންގެ އެދުމުގެ މަތިން ބާއްވާ އެ ބައްދަލުވުން އޮތީ، ނިއު ޔޯކް ގަޑިން 3:00 ގައި ކަމަށް ބުނެފައިވެ އެވެ.

ޤަތަރުގެ ވެރި ރަށް ދޯހާ އަށް، އިސްރާއީލް އިން ދިން ކުއްލި ހަމަލާއާ ގުޅިގެން ޔުނައިޓެޑު ނޭޝަންސް (ޔޫއެން)ގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަން ހަމަޖެހިއްޖެ އެވެ.

އެކި އެކި މަސްދަރުތަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައި ވަނީ، އެ ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ ބުދަ ދުވަަހު ކަމަށެވެ. އަލްޖީރިއާ އަދި ޕާކިސްތާންގެ އެދުމުގެ މަތިން ބާއްވާ އެ ބައްދަލުވުން އޮތީ، ނިއު ޔޯކް ގަޑިން 3:00 ގައި ކަމަށް ބުނެފައިވެ އެވެ.

އެއްވެސް އިންޒާރު ދިނުމަށް ނެތި، އިސްރާއީލް އިން ޤަތަރަށް ދީފައިވާ ހަމަލާ އަމާޒުކޮށްފައި ވަނީ ހަމާސްގެ އިސް އޮފިޝަލުންނަށެވެ. މަަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަނިކޮށް އިސްރާއީލް އިން ހަމަލާ ދީފައިވާއިރު، ޤަތަރަކީ ޣައްޒާ ހަނގުރާމަ ނިންމުމަކަށް ގެނައުމަށް މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ޤައުމެވެ.

ޤަތަރުގައި ހަމާސްގެ ސިޔާސީ ލީޑަރުން ތިއްބަވަނިކޮށް، އިސްރާއީލް އިން ދީފައިވާ ހަމަލާ އެ ޤައުމުން ވަނީ ކުށްވެރި ކޮށްފަ އެވެ. އަދި އިސްރާއީލްގެ ހަމަލާއާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ އެކަން ކުށްވެރި ކުރަމުންނެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރުން ބުނެފައި ވަނީ އެ ހަމަލާގެ އެއްވެސް މައުލޫމާތެއް އެ ޤައުމަށް ލިބިފައި ނުވާ ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވިދާޅުވެފައި ވަނީ، ޤަތަރަށް ހަމަލާ ދިނުމުގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް