ކ. މާލެ
|
26 އޯގަސްޓް 2017 | ހޮނިހިރު 20:00
ލެކިއުޓް "ކިޑްސް ފެސްޓިވަލް" ގައި ކުދިންގެ ފޭސް ޕެއިންޓް ކުރަނީ
ލެކިއުޓް "ކިޑްސް ފެސްޓިވަލް" ގައި ކުދިންގެ ފޭސް ޕެއިންޓް ކުރަނީ
ސިމާހާ ނަސީމް
ކިޑްސް ފެސްޓިވަލް
ލެކިއުޓް "ކިޑްސް ފެސްޓިވަލް" ގައި ބައިވެރިވެގެން އިނާމު ހޯދުމުގެ ފުރުސަތު
މި ފެސްޓިވަލް ކުރިއަށް ދާނީ ހަތަރު ދުވަހަށް
ކުޑަކުދިނަށް ތަފާތު އިނާމުތަކެއް ލިބިގެންދާނެ ފެސްޓިވަލްގައި
ފެސްޓިވަލް ކުރިއަށްދާނީ ހަވީރު ގަނޑީގައި

ލެކިއުޓް "ކިޑްސް ފެސްޓިވަލް" ގައި ބައިވެރިވެގެން ކުޑަކުދިންނަށް އިނާމު ހޯދުމުގެ  ފުރުސަތު ލެކިއުޓްގެ ފަރާތުން ހުޅުވާލައިފިއެވެ.

ލެކިއުޓްގެ  މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ ޝަހާދާ އަހްމަދު ވިދާޅުވީ ޢީދާ ދިމާކޮށް ލެކިއުޓްގެ ފަރާތުން "ކިޑްސް ފެސްޓިވަލް" އިންތިޒާމް ކުރީ ކުޑަކުދިންނަށް މަޖާ އަދި އުފާވެރި މާހައުލެއްގައި  އުޅެލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤްސަދުގައި ކަމަށެވެ. އަދި މި ފެސްޓިވަލްގައި  ތަފާތު ފަސް ކުޅިވަރެއް ކުޅެގެން ބޭނުންތެރި އިނާމްތަކެއް  ކުޑަކުދިންނަށް ލިބިގެންދާނެ ކަމަށް ވެސް ޝަހާދާ ވިދާޅުވިއެވެ.

މި ފެސްޓިވަލް މި މަހު 25 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ހަމައަށް، ކޮންމެ ދުވަހަކު ހަވީރު 4 އަކުން 6 އަކަށް  ކުރިއަށްދާނެ ކަމަށް ޝަހާދާ ވިދާޅުވިއެވެ.

މި ފެސްޓިވަލްގައި  ލެކިއުޓްގެ ފަރާތުން ވަނީ ޕްރިޓީ ބްރޭންޑްގެ  މޭކަޕް ސާމާނު  ލޯންޗު ކުރުމުގެ ގޮތުން އާންމުންގެ ތެރެއިން "ފޭސް އޮފް ޕްރިޓީ" ގެ ނަމުގައި ޕްރިޓީ ބްރޭންޑް  ތަމްސީލު ކުރާނެ ކުއްޖަކު ހޮވުމަށް ފުރުސަތު ހުޅުވާލާ ފައެވެ.

ޝަހާދާ ވިދާޅުވީ "ފޭސް އޮފް ޕްރިޓީ" ހޮވުމަށްޓަކައި  އިއުލާން ކުރުމުން އެކަމަށް ޝައުޤުވެރިކަން ފާޅުކުރި ކުދިންތަކުގެ ތެރެއިން ދެ ކުއްޖަކު ހޮވާ "ފޭސްބުކް"ގައި މުބާރާތެއް ބޭއްވި ކަމަށެވެ. އަދި އެ މުބާރާތުން އެންމެ ގިނަ ލައިކްސް ލިބުނު ކުއްޖާ  އެއްވަނަ އަށް ހޮވާފައިވާ  ކަމަށެވެ.

"ފޭސް އޮފް ޕްރިޓީ" ގައި އެއްވަނަ އަށް ހޮވުނު ކުއްޖާއަށް ދިހަ ހާސް ރުފިޔާގެ މޭކަޕް ސާމާނު ވަނީ ހަވާލު ކޮށްފައެވެ. އަދި ދެވަނަ އަށް ހޮވުނު ކުއްޖާއަށް ވެސް ތިން ހާސް ރުފިޔާގެ  މޭކަޕް ސާމާނު ވަނީ ލެކިއުޓްގެ ފަރާތުން ހަވާލު ކޮށްފައެވެ. މި ދެ ކުދިންނަށް ވެސް ޕްރިޓީ ބްރޭންޑް އެއް އަހަރު ވަންދެން ތަމްސީލު ކުރުމުގެ  ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށް ޝަހާދާ ވިދާޅުވިއެވެ.

"ފޭސް އޮފް ޕްރިޓީ" ގެ އެއްވަނަ އަށް ހޮވިފައި ވަނީ އައިޝަތު ޝަމީލާ އެވެ. އަދި ދެވަނަ އަށް ހޮވިފައިވަނީ މަރިޔަމް ރައުފާ އެވެ.   

މި އަންނަ އަހަރު ވެސް "ފޭސް އޮފް ޕްރިޓީ" އަލުން ހޮވާނެ ކަމަށް ޝަހާދާ ބުންޏެވެ.

"ކިޑްސް ފެސްޓިވަލް" ގައި ކުޑަކުދިންގެ "ފެއިސް ޕެއިންޓް" ވަނީ ކޮށްފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް