ކ. މާލެ
|
5 ފެބްރުއަރީ 2025 | ބުދަ 18:15
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރި މުހައްމަދު ރިޝްވާނު
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރި މުހައްމަދު ރިޝްވާނު
ސަން އޮންލައިން
އެމްޕީއެލްގެ އެމްޑީއަކަށް ރިޝްވާން
އެމްޕީއެލްގެ އެމްޑީއަކަށް ކުރީގެ ޑެޕިއުޓީ ސީޕީ ރިޝްވާން އައްޔަންކޮށްފި
2012 ވަނަ އަހަރު ފުލުހުންގެ ޚިދުމަތުން ރިޝްވާން ރިޓަޔާކުރެއްވިއިރު ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި
ރިޝްވާން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް އަދާކުރައްވާފައި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހ. ހަބަރުގެ، މުހައްމަދު ރިޝްވާނު އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ އެމްޕީއެލްގެ ޑިރެކްޓަރު ކަމުގެ މަގާމަށާއި ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް ހ. ހަބަރުގެ، މުހައްމަދު ރިޝްވާނު، ބުދަ ދުވަހު އައްޔަންކުރެވިފައިވާ ކަމަށެވެ.

2012 ވަނަ އަހަރު ފުލުހުންގެ ޚިދުމަތުން ރިޝްވާން ރިޓަޔާކުރެއްވިއިރު ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ މަސައްކަތެއް ކުރައްވާތީ ކަމަށް ވިދާޅުވުމަށްފަހުއެވެ.

މީގެ އިތުރުން ރިޝްވާން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް އަދާކުރައްވާފައެވެ.

އެމްޕީއެލްގެ އެމްޑީއަކަށް ރިޝްވާން އައްޔަނުކުރީ އެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް 02 ފެބްރުއަރީ 2025 ވީ އާދީއްތަ ދުވަހު ވަކިކުރެއްވުމާ ގުޅިގެންނެވެ. 28 ނޮވެމްބަރު 2023، މަގާމަށް އައްޔަނުކުރި ވަޖީހު ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

- ކޮމެންޓް