ކ. މާލެ
|
30 ޖެނުއަރީ 2025 | ބުރާސްފަތި 15:32
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީ
ދިއްދޫ އެއަރޕޯޓް
ޝާހިދުގެ ޗެލެންޖެއް ރައީސް މުއިއްޒުއަށް: 2026 ގައި ކައުންސިލް އިންތިހާބުގެ ކުރިން ދިއްދޫގައި އެއަރޕޯޓް އަޅައިގެން ވަޑައިނުގެންނެވޭނެ
އެމް.ޑީ.ޕީގެ ރައީސްގެ ހައިސިއްޔަތުން، އަޅުގަނޑު މިރޭ ރައީސުލްޖުމްހޫރިއްޔާއަށް ވާދަމިކުރަނީ މަނިކުފާނުގެ ރޭގައި ވިދާޅުވި ވާހަކައަށް އަޅުގަނޑު ޗެލެންޖެއް މިކުރަނީ އެކަން ކުރަން
ދިއްދޫގެ ހިތްވަރުގަދަ ރައްޔިތުންނަށް ރައްޔިތުން ސާބިތުކޮށްދިނީ ރައީސުލްޖުމްހޫރިއްޔާއަށް އަޑުފުޅު އިއްވަން ކަންކުރަންވާ ގޮތް

2026 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ހއ. ދިއްދޫގައި އެއަރޕޯޓް އަޅާ، ވައިގެ މަގުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވަޑައި ނުގެންނެވޭނެ ކަމަށާއި، އޭގެ ކުރިން އެކަން ކުރެއްވުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރައީސް މުއިއްޒުއަށް ޗެލެންޖް ކުރައްވައިފިއެވެ.

އެމްޑީޕީން ހުޅުމާލެ ރުއްގަނޑު 1 ގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ދިއްދޫގެ ރައްޔިތުންނަށް ޝުކުރުވެރިވެ، ފަޚުރުވެރިވާންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ދިއްދޫގެ ހިތްވަރުގަދަ ރައްޔިތުންނަށް ރައްޔިތުން ސާބިތުކޮށްދިނީ ރައީސުލްޖުމްހޫރިއްޔާއަށް އަޑުފުޅު އިއްވަން ކަންކުރަންވާ ގޮތް ކަމަށެވެ. އަދި އެ މަނިކުފާނު އެ ވިދާޅުވީ، ދެން ތިމަންމަނިކުފާނު ދިއްދޫއަށް ވަޑައިގަންނަވާނީ އެތަނުގައި އެއަރޕޯޓު އަޅުއްވާފައި ވައިގެ މަގުން ކަމަށާއި، ނަމަވެސް 2026 ވަނަ އަހަރު ލޯކަލް ކައުންސިލުގެ އިންތިޚާބު އޮންނައިރު، ރައީސުލްޖުމްހޫރިއްޔާ ދިއްދޫއަށް އަރާވަޑައި ނުގަންނަވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެއީ އެހާ ތަނަށް އެއަރޕޯޓު ނޭޅޭނެތި. އަޅުގަނޑު މި ރޭ މިހެން ދަންނަވަނީ ދިއްދޫއަށް ހެޔޮއެދޭތީ. އަޅުގަނޑު މި ރޭ މިހެން ބުނީތީ، ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އެއަރޕޯޓު އަޅުއްވާނެތީ. އެމް.ޑީ. ޕީއިން އެކަން ކޮށްދޭނީ. އެއީ އެމް.ޑީ.ޕީގެ ވިސްނުމެއް. ދިއްދޫގައި އެއަރޕޯޓަށް އެޅުން އެއީ އެމް.ޑީ.ޕީގެ ވިސްނުމެއް. އެމް.ޑީ.ޕީން އަޅުގަނޑު މިރޭ، އެމް.ޑީ.ޕީގެ ރައީސްގެ ހައިސިއްޔަތުން، އަޅުގަނޑު މިރޭ ރައީސުލްޖުމްހޫރިއްޔާއަށް ވާދަމިކުރަނީ މަނިކުފާނުގެ ރޭގައި ވިދާޅުވި ވާހަކައަށް އަޅުގަނޑު ޗެލެންޖު މި ކުރަނީ މަނިކުފާނު 2026 ވަނަ އަހަރު ދިއްދޫއަށް އަރާވަޑައިގަންނަވާނީ ވައިގެ މަގުއްނޭ ވިދާޅުވި ވިދާޅުވުމަށް އެއަރޕޯޓު އޭގެކުރިން އަޅުއްވާ. އެއީ އެމް.ޑީ.ޕީން ދިއްދޫ ރައްޔިތުންނަށް ހަދިޔާކުރާ ހަދިޔާއެއް.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ 31 ޖެނުއަރީގައި ނުކުންނަން ޖެހޭ ސަބަބަކީ ރައީސުލްޖުމްހޫރިއްޔާއާއި މި ސަރުކާރަށް އަޑުއިވެނީ ރައްޔިތުން ނުކުމެ އަޑުއުފުލުމުން ކަމަށްވާތީ ކަމަށެވެ. އަދި ފްލެޓް ނުލިބިގެން ޝަކުވާކުރައްވާ ބޭފުޅުން ހަނުތިއްބަވައިގެން ސަރުކާރުން ހެޔޮ އެދިގެން ސަރުކާރާ ދޭތެރޭ ބަސްނުބުނެ ތިއްބަވާތީ މި ސަރުކާރަކުން ފްލެޓެއް ނުދޭނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ 31 ވަނަ ދުވަހު ނުކުމެވަޑައިގެން، އަޑު އުފުލަން ޖެހޭ ކަމަށާއި، ފުލެޓަކީ ޙައްޤެއް ކަމަށާއި، އެ ބޭފުޅުންނާ ދިވެހި ދައުލަތާ ދޭތެރޭގައި އެއްބަސްވެފައިވާ އެގްރީމެންޓެއް ކަމަށެވެ. އަދި އެއީ ފުލެޓް ލިބުނު ފަރާތްތަކުގެ މުދަލެއް ކަމަށާއި، އެ މުދަލެއް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން ޝަރުޢީ ޙުކުމެއް ނެތި ވަކިކުރެވޭނެ އެއްވެސް ގާނޫނީ އުސޫލެއް ދިވެހިރާއްޖޭގައި ނޯންނާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ ރާއްޖޭގައި ރިސޯޓުތަކުގައި މަސައްކަތްކުރައްވައި، ދިވެހިރާއްޖޭގެ ރައްޔިތުން ގުދާރު ބިންދައިގެން ހެސްކިޔާފައި މަސައްކަތްކުރާ މުވައްޒަފުން ޑޮލަރުން ލިބެމުންދިޔަ ސަރވިސް ޗާޖު ދިވެހި ރުފިޔާއަށް ބަދަލުކޮށްލަން އުޅެނީ މި ސަރުކާރުގެ ގޮތެއް ފޮތެއް ނެތް ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށެވެ. އަދި ރިސޯޓް މުވައްޒަފުންވެސް ހަނުތިއްބަވައިގެން ހައްގު ނުހޯދޭނެ ކަމަށާއި، އެހެންކަމުން އެ އަޑު ސަރުކާރަށް އިއްވުމަށް 31 ގައި ނުކުންނަންޖެހޭ ކަމަށެވެ.

- ކޮމެންޓް