ކ. މާލެ
|
16 ޖެނުއަރީ 2025 | ބުރާސްފަތި 06:26
ޑީއެންއާރުތެރޭގައި ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމް ފުރަނީ
ޑީއެންއާރުތެރޭގައި ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމް ފުރަނީ
ރާއްޖެއެމްވީ
ޕާޓީތަކަށް މެންބަރުން ވެއްދުން
ޕާޓީތަަކަށް މެންބަރުން ވެއްދުން މެދުކަނޑާލަން އީސީން ނިންމައިފި
"ސިމެދަ" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުން 31 ޖެނުއަރީން ފެށިގެން ހުއްޓާލުމަށް ކޮމިޝަނުން ވަނީ ނިންމާފައި

ވެރކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަގު ފޯމްތައް ހުށަހަޅައި އެންމެ ފަހުން އެ މައްސަލަ ބޮޑުވެ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން އިލެކްޝަންސް ކޮމިޝަނުން ހުއްޓާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމް ހަރުދަނާކޮށް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށް، މިހާރު ބޭނުންކުރަމުން އަންނަ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުން 31 ޖެނުއަރީން ފެށިގެން ހުއްޓާލުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ނިންމި ނަމަވެސް "މައި ޕޯޓަލް" މެދުވެރިކޮށް ޕާޓީން ވަކިވުމުގެ ހިދުމަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ޑީއެންއާރުގައި ހުރި ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ވެއްދުމަށް އެދި ފޯމް ހުށަހަޅާ މައްސަލަ ފެންމަތިވެފައިވާއިރު، ޕީއެންސީން ވަނީ ވަގު ފޯމްތައް ހުށަހަޅަމުންދާކަމަށް އެއްބަސްވެފައެވެ. އަދި އެކަން އެ ޕާޓީގެ ތެރެއިން ކުރަމުން އަންނަ ކަމަށް ޕީއެންސީގެ މަޖިލިސް މެންބަރު އަސްމާ ރަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

ޕީއެންސީގެ ވަގު ފޯމްތަކުގައި ހޯމް މިނިސްޓަރު އަލީ އިހުސާން މެދުވެރިވެގެން އަދި އޭގެ އިތުރުން އެމަނިކުފާނު ގެ ހާޒިރުގައި ޑީއެންއާރުން މައުލޫމާތު ނަގައިގެން ފޯމްތައް ފުރަން ތިބި ފޮޓޯތައް ވަނީ އާންމުވެފައެވެ. ނަމަވެސް މިހާތަނަށް ވެސް މިކަމުގައި ޝާމިލުވި އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައި ނުވެއެވެ.

- ކޮމެންޓް