ސެނަހިޔާ ކައިރީގައި ޒަހަމްތަކަކާއެކު އޮތް ދިވެހި ފިރިހެނަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ ބުދަ ދުވަހުގެ ހެނދުނު ސެނަހިޔާ ހޮސްޕިޓަލް ކައިރިން ދިވެހި ފިރިހެނަކު ޒަހަމްތަކަކާއެކު ފެނިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އެމީހާ ސެނަހިޔާ ހޮސްޕިޓަލަށް ފަރުވާދިނުމަށްޓަކައި ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ދަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމަނުކުރެއެވެ.