ކ. މާލެ
|
10 ޖެނުއަރީ 2025 | ހުކުރު 14:32
ސަފާރީގައި ހުއްޓާ އަރުޝަދު މޫދަށް ވެއްޓުނު ސަރަހައްދު
ސަފާރީގައި ހުއްޓާ އަރުޝަދު މޫދަށް ވެއްޓުނު ސަރަހައްދު
އެމްއެންޑީއެފް
މީހަކު ގެއްލިގެން ހޯދުން
ސަފާރީއަކުން ވެއްޓުނު ދިވެއްސަކު ހޯދަން ފަށައިފި
ގެއްލިގެން ހޯދަމުންދަނީ ނ. ހޮޅުދޫ، ސީވީޑް އަލީ އަރުޝަދު (35އ)

ސަފާރީއަކުން ވެއްޓުނު ދިވެއްސަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ހުކުރު ދުވަހު އދ. ރިސޯޓެއް ކައިރީއޮތް ސަފާރީއެއްގައި އުޅުނު ދިވެއްސެއް ގެއްލިގެން ފުލުުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަމުންދަނީ ނ. ހޮޅުދޫ، ސީވީޑް އަލީ އަރުޝަދު (35އ) އެވެ. ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ސަފާރީގެ ޑެކް މަތީގައި ހުއްޓާ މީހާ ވެއްޓި އަރިމަތީގައި ޖެހިފައި މޫދަށް ވެއްޓިފައިވާތަން ސަފާރީގެ ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށެވެ.

އަދި އެމީހާ ހޯދުމަށްޓަކައި އެމްއެންޑީއެފް އަދި ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް "ނޯތު 07" ސަފާރީއިން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބުމާ ގުޅިގެން، ޑައިވަރުންގެ ޓީމަކާއެކު ސަފާރީ އޮތް ސަރަހައްދު ބަލަމުން އަންނަ ކަމަށެވެ.

- ކޮމެންޓް