ކ. މާލެ
|
29 ޑިސެންބަރ 2024 | އާދީއްތަ 14:05
ތިމަރަފުށީގައި މީހަކު ޒަޚަމްކޮށްލައި ހިންގި މާރާމާރީގައި ހައްޔަރުކުރި 5 މީހުން
ތިމަރަފުށީގައި މީހަކު ޒަޚަމްކޮށްލައި ހިންގި މާރާމާރީގައި ހައްޔަރުކުރި 5 މީހުން
ޕޮލިސް
ތިމަރަފުށީގައި ހިންގި މާރާމާރީގެ މައްސަލަ
ތިމަރަފުށީގައި މީހަކު ޒަޚަމްކޮށްލައި ހިންގި މާރާމާރީގައި 5 މީހުން ހައްޔަރުކޮށް އެމީހުންގެ ވަނަވަރު އާއްމުކޮށްފި
މި 5 މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން
ޒަހަމްވި މީހާއަށް ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވޭ
މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން

ތ. ތިމަރަފުށީގައި ވަޅިއަކުން ހަމަލާދީ، މީހަކު ޒަޚަމްކޮށްލި މައްސަލާގައި 5 މީހުން ހައްޔަރުކޮށް އެމީހުންގެ ވަނަވަރު އާއްމުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ތިމަރަފުށީ ގެއަކަށް 5 މީހަކު ވަދެ މާރާމާރީ ހިންގި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލާގެ ރިޕޯޓުކޮށްފައިވަނީ 28 ޑިސެންބަރު 2024 ވަނަ ދުވަހުގެ މެންދުރު 1:27 ހާއިރު ކަމަށެވެ.

އާދިއްތަ ދުވަހު ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތިމަރަފުއްޓަށް ނިސްބަތްވާ، ޖަހާމުގުރިގެ، 36 އަހަރުގެ އަހްމަދު އަމީން، ސަލްވާ، 38 އަހަރުގެ އަހުމަދު ޝަހުދީ، ހިރި، 32 އަހަރުގެ ޢާޞް އިބްރާހީމް، ގުލްބަކާވިލާ، 39 އަހަރުގެ އަބްދުﷲ އަޝްރަފް އަދި ކ.މާލެ، ވ.ވަވަތް، 54 އަހަރުގެ މުހައްމަދު ރައޫފް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި 5 މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި މާރާމާރި ހިނގާފައި ވަނީ އެ ރަށުގެ ޒުވާން ދެ ފިރިހެނެއްގެ މެދުގައެވެ. އެގޮތުން ހަމަނުޖެހުމުގެ ތެރެއިން އެކަކު، އަނެއް މީހާގެ ބުރަކަށްޓަށް ވަޅިން ހަމަލާ ދިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އެމީހާއަށް ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވެއެވެ.

މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

- ކޮމެންޓް
29 ޑިސެންބަރ 2024 | އާދީއްތަ 14:26
ޙަބީބު.
ޜާއްޖޭގަ ވަޅިބޭނުން ކުރުން މަނާކުރަންވީ އަލިފާންވެސް ކަރަންޓު އުނދުނުން އެކަނި ކައްކަން ޖެހޭނީ ދިވެހިން ދިވެހިންގެ ގޮތުގަ ގަމާރުކަންމަތީ އަބަދައް ވަޅީގެ ބޭނުން ހިފާކަން ނޭނގެ އަލިފާނުގެ ބޭނުުން ހިފާކަން ނޭނގެ ސްޕާތަކުގެ ބޭނުންް ހިފާކަން ނޭނގެ ދިވެހިންމީ އަޅެކޮންްކަހަލަ ބައެއްތަ ކޮންމެ ކަމެއްވެސް އެކަމެއްގެ ރަނގަޅު ގޮތުގަ ބޭނުންކޮއްބަލަަ