އަނިޔާވެރިކަމާއި ދެކޮޅަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަކަ އާއި ގުޅިގެން ޕީއެންސީން ކުއްލި މައްސަލަ އެއް ހުށަހެޅީ ފިތުނަ އުފައްދަން ކަމަށް ޤަބޫލުކުރައްވާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންނަށް އަނިޔާވެރި ވާނަމަ ދިވެހިން އަމަލު ކުރާނީ ދިވެހި ތާރީހުގެ ފޮތްތަކުން ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ. ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުހައްމަދު އަމީނަށް ހެދިހެން ހަދާނެ ކަމަށާއި އަނިޔާވެރިވާ ނަަމަ ދިވެހިން އަމަލުކުރާނީ ދިވެހިންގެ ތާރީހުގެ ފޮތްތަކުން ކަމަށާއި އެއީ މާ ހެޔޮ (ކައިންޑް) ތާރީހެއް ނޫންކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެކަމާއި ގުޅިގެން މަޖިލީހަށް ވަނީ ކުއްލި މައްސަލަ އެއް ހުށަހަޅާފައެވެ. އެ ކުއްލި މައްސަލަ އަށް ވާހަކަދައްކަވަމުން ޝަމްހީދު ވަނީ މިއީ ފައްޔާޒްގެ ވާހަކައިގެ މަގްސަދާއި ދެއްކި ވާހަކަ ވެސް އޮޅުވާލުމަށް ޕީއެންސީގެ މެމްބަރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
އެކަމާއި ގުޅޭ ކުއްލި މައްސަލަ އެއް ހުށަހަޅާފައި ވަނީ އަންގާރަ ދުވަހުއެވެ. އޭނާ ވިދާޅުވީ ފައްޔާޒްގެ ވާހަކައިން ބައެއް ނަގައިގެން އެ ވާހަކަ ފަތުރަނީ ޕީއެންސީން ބޭނުންވާ ގޮތަށް ފިތުނަ އުފައްދަން ކަމަށެވެ. އެމްޑީޕީން ވެރިކަން ވައްޓާލަން ނޫޅޭކަން މީގެ ކުރިން ވެސް ފައްޔާޒް ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި މީހަކު ދެއްކި ވާހަކައަކީ ނަސޭހަތުގެ ގޮތުން ދެއްކި ވާހަކަ އެއް ކަމަށް ޤަބޫލުކުރާ ކަމަށް ވެސް ފައްޔާޒް ވިދާޅުވެފައިވާ ކަމަށާއި ފައްޔާޒްގެ ވާހަކަ ދެއްކެވީ ތާރީހުގައި ދިވެހިކަންކަން ހިނގައި ދިޔަ ގޮތަށް އިޝާރާތްކުރައްވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އަދި އެކަން ހަނދާންކޮށްދިނުމަކީ އެއީ ނެތްކަމެއް ނޫންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެމްޑީޕީ އަކީ ދިވެހިންނަށް ގެއްލުން ދޭ ބައެއް ނޫންކަމަށް ފާހަގަކުރައްވާ ޝަމްހީދު ވަނީ އެމްޑީޕީ އާއި އެމްޑީޕީގެ ވެރިކަންތައް ދިފާއުކުރައްވާފައެވެ.
އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ފިތުނަ އުފައްދަންވެގެން. އަޅުގަނޑުމެންނަށް ނޫސްތަކުން މި މަހު 5 ވަނަ ދުވަހު ޗެއަރޕަރސަން ވިދާޅުވި މަންޒަރު ފެނުނު އެމްޑީޕީން ނުކުންނަނީ ވެރިކަން ވައްޓާލަން ނޫންކަމަށް. އަޅުގަނޑުމެން ނުކުންނަނީ ޤައުމު ހަމަމަގަށް އަޅުވަންކަމަށް. އެއީ އަޅުގަނޑުމެންގެ ސްޓޭންޑް. މި ނުކުންނަނީ ޤާނޫނު އަސާސީގެ ދިފާއުގައި. ޤާނޫނުއަސާސީގައި އޮތް ގޮތަށް ޤާނޫނުއަސާސީ ނަގަހައްޓަން.އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންނަށް އަނިޔާވެރި ވާނަމަ ދިވެހިން އަމަލު ކުރާނީ ދިވެހި ތާރީހުގެ ފޮތްތަކުން ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ. ޤާނޫނުއަސާސީގެ ދިފާއުގައި ކުރިއަށްގެންދިޔަ ޖަލްސާ އެއްގައި ރައީސަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކަކާއި ގުޅިގެން އީސީ އިން އެ ޕާޓީ އަށް ސިޓީ އެއް ފޮނުވާފައިވާތީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްޑީޕީ އަކީ އަނިޔާވެރިކަަމަށް ހިތްވަރުދޭ ޕާޓީ އެއް ނޫންކަމަށް ފައްޔާޒް ވިދާޅުވިއެވެ. ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުހައްމަދު އަމީނަށް ހެދިހެން ހަދާނެ ކަމަށާއި އަނިޔާވެރިވާ ނަަމަ ދިވެހިން އަމަލުކުރާނީ ދިވެހިންގެ ތާރީހުގެ ފޮތްތަކުން ކަމަށާއި އެއީ މާ ހެޔޮ (ކައިންޑް) ތާރީހެއް ނޫންކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް އެމްޑީޕީ އަކީ އަނިޔާވެރިކަމަށް ހިތްވަރުދޭކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންއަށް ވީގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެދާނެ ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) އެކި އެކި ޕޯޑިއަމްތަކުގައި ވާހަކަ ދައްކާފައިވާތީ އެކަން ތަހުގީގު ކުރުމަށް ގޮވާލާ ކުއްލި މައްސަލަ އެއް މަޖިލީހަށް ހުށަހެޅީ އަންގާރަ ދުވަހުއެވެ.