ކ. މާލެ
|
1 ޑިސެންބަރ 2024 | އާދީއްތަ 12:59
އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޮފީސް
އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޮފީސް
ރާއްޖެއެމްވީ
އެންސްޕާގެ މައްސަލަ ތަހުގީގު ކުރަން ފެށުން
އެންސްޕާގެ މައްސަލަ އޭސީސީން ތަހުގީގު ކުރަން ފަށައިފި
އޭސީސީން އިތުރު ތަފްސީލެއް ދީފައެއް ނުވޭ
އެންސްޕާއަށް އިމާރާތެއް ހޯދުމާބެހޭ ގޮތުން ބައެއް ނޫސްތަކުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް
ގިނަބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އޮފީސް ހިންގަން އިމަރާތެއް ހޯދަން ކުރި މުއާމަލާތްތަކާ ގުޅޭގޮތުން ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅިގެން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަން ފަށައިފިއެވެ.

އެންސްޕާއަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ބަލައި ދިނުމަށް އެ އެޖެންސީން އޭސީސީއަށް 29 ނޮވެންބަރު 2024 ގައި މައްސަލަ ވަނީ ހުށަހަޅާފައެވެ.

މިމައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީއަށް އޭސީސީގެ އޮފިޝަލް ވިދާޅުވީ އެމައްސަލަ މިހާރު ބަލައިގަނެ، ތަހުގީގު ފަށާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަފައެވެ.

އެންސްޕާއިން ބުނީ މިއެޖެންސީ ހިންގުމަށް އިމާރާތެއް ހޯދުމާބެހޭ ގޮތުން ބައެއް ނޫސްތަކުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އެންސްޕާއިން ބުނީ ރައްޔިތުންގެ އިޖްތިމާއީ ރައްކާތެރިކަމާ ހުޅުންހުރި މިފަދަ މުއައްސަސާއަކާ ގުޅޭގޮތުންނާއި، މި މުއައްސަސާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި، ޝައްކު އުފެދޭ ގޮތަށް މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. މިކަމާއި ގުޅޭ ފުރިހަމަ މިނިވަން ތަހުގީގެއް ވީއެންމެ އަވަހަށް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އެންސްޕާއިން އެދިފައިވެއެވެ. އަދި ތަހުގީގު ރިޕޯޓު ވެސް ވީ އެންމެ އަވަހަށް ހިއްސާ ކޮށްދިނުމަށް ވަނީ އެދިފައިވެއެވެ.

މިމައްސަލައާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު އަށް މެސެޖްކޮށް ގުޅިނަމަވެސް ޖަވާބު ނުދެއްވާތީ އެ މައުލޫމާތުތައް ހޯދުމަށް ރާއްޖެއެމްވީން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

އެންސްޕާ ހިންގުމަށް އޮފީސް އިމާރާތެއް ހޯދަން 34.8 މިލިއަން ރުފިޔާގެ މުއާމަލާތެއް ގޭގެ ވެރިފަރާތް ނޫން އެހެން ފަރާތަކާ ކުރިކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ވަނީ އެ އެޖެންސީއަށް ކުރެވިފައިވެއެވެ. އަދި "އެމްއެމް ޓީވީ" ނަމުގައި ފެށި ޗެނަލް ހިންގާ އިމާރާތުގެ ކުލި އެންސްޕާ މެދުވެރިކޮށް ހަމަޖައްސާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އޭގެ ތެރެއިން ދެ ފަންގިފިލާ އެންސްޕާ، އަދި ބާކީ ދެ ފަންގިފިލާ ޓީވީ ސްޓޭޝަނަށް ދޫކޮށްފައިވާ ކަމަށް ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ، ކޮރަޕްޝަންގެ ބޮޑު ހާއްޔަކަށް އެންސްޕާ ބަދަލުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުުހުމަތުުކުރަމުންނެވެ.

- ކޮމެންޓް