ކ. މާލެ
|
9 ނޮވެންބަރ 2024 | ހޮނިހިރު 10:35
އިޒްރޭލުން ސީރިއާއަށް ދިން ހަމަލާއަކަށްފަހު ހަމަލާދިން ސަރަހައްދަށް މީހުން އެއްވެފައި (ފައިލް ފޮޓޯ)
އިޒްރޭލުން ސީރިއާއަށް ދިން ހަމަލާއަކަށްފަހު ހަމަލާދިން ސަރަހައްދަށް މީހުން އެއްވެފައި (ފައިލް ފޮޓޯ)
ރޮއިޓާސް
އިޒްރޭލު-ސީރިއާ ހަނގުރާމަ
އިޒްރޭލުން ސީރިއާގެ އަލެޕޯ ސަރަހައްދަށް ހަމަލާދީފި
ސަރުކާރުގެ ރަސްމީ ނޫސް އޭޖެންސީ ސާނާ އިން ބުނެފައިވަނީ "ގާތްގަނޑަކަށް ހޮނިހިރު ދުވަހުގެ މެންދަމުގެ 00:45 ހާއިރުގައި އިޒްރޭލުގެ ސިފައިން ވަނީ އަލެޕޯގެ ދެކުނު އިރުމަތިން ވައިގެ ޙަމަލާއެއް ދީފައެވެ.

އިޒްރޭލުން ސީރިއާގެ އަލެޕޯ އާއި އިދްލިބްއަށް ހަމަލާދީފިކަމަށް ސީރިއާގެ ސަރުކާރުގެ ނޫސް އޭޖެންސީން ބުނެފިއެވެ.

ސީރިއާގެ ސަރުކާރުގެ ރަސްމީ ނޫސް އޭޖެންސީ ސާނާ އިން ބުނެފައިވަނީ "ގާތްގަނޑަކަށް ހޮނިހިރު ދުވަހުގެ މެންދަމުގެ 00:45 ހާއިރުގައި އިޒްރޭލުގެ ސިފައިން ވަނީ އަލެޕޯގެ ދެކުނު އިރުމަތިން ވައިގެ ޙަމަލާއެއް ދީފައެވެ. އަދި މި ޙަމަލާ އަމާޒުކޮށްފައިވަނީ އަލެޕޯ އާއި އިދްލިބްގެ ރަށްފުށުގައި ހުރި ތަންތަނަށް،" ކަމަށް އެނޫހުން ބުނެފައިވެއެވެ.

ސަނާއިން އިތުރަށް ބުނެފައިވަނީ، މި ޙަމަލާގެ ސަބަބުން "ސީރިއާގެ ވަރަށް ގިނަ ސިފައިން ޒަޚަމްވެ، އަދި ބައެއް މާއްދީ ގެއްލުންތައް ވެސް ލިބިފައިވާ،" ކަމަށެވެ. ނަމަވެސް އިތުރު ތަފްޞީލެއް ދީފައެއް ނުވެއެވެ.

ހަނގުރާމަ މޮނިޓަރ ކުރާ ޖަމާޢަތެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޙަމަލާތައް އަމާޒުކޮށްފައިވަނީ ސީރިއާގެ ސިފައިންގެ މަރުކަޒުތަކަށެވެ. މިޖަމާޢަތުން އިތުރަށް ބުނެފައިވަނީ، ހަމަލާދިން އިރު އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންނާއި އީރާނަށް ތާއީދުކުރާ ފަރާތްތައް އެ ސަރަޙައްދުގައި މަރުކަޒުކޮށްފައި ތިބި ކަމަށެވެ.

2011 ވަނަ އަހަރު ސީރިއާގައި ހަނގުރާމަ ފެށުނީއްސުރެ، އިޒްރޭލުން ވަނީ ސީރިއާއަށް އެތައް ހާސް ޙަމަލާތަކެއް ދީފައެވެ. މި ޙަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ސިފައިންގެ މަރުކަޒުތަކަށާއި، ހިޒްބުﷲ ފަދަ އީރާނުގެ އެހީތެރިކަން ލިބިގެން ހަނގުރާމަކުރާ ފަރާތްތަކަށެވެ.

- ކޮމެންޓް