5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާ ކުރީ ސަރުކާރުގެ ބޮލުގައި އެކަން އަޅުވަން އުޅުނު ނަމަވެސް، ސަޕްލިމެންޓްރީ ބަޖެޓުގައި އޮތީ މި ސަރުކާރުން ޑްރޯންއަށް ހަރަދުކުރި ފައިސާއާއި ރަސްމާލެ ހިއްކަން ޖަހާފައިވާ ފައިސާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓުގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެންމެ ފުރަތަމަ ކަމަކަށް ފާސްކުރި ބަޖެޓާއެކު އިތުރު ކުރެވޭ ސަޕްލިމެންޓްރީ ބަޖެޓާއެކު ޖުމްލަ 54.9 ބިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓް އަރާނެ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. މެންބަރު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ މާބޮޑަށް އިތުރުވާނެ ކަމަށް ލަފާ ނުކުރޭ ކަމަށެވެ. އެހެންކަމުން 34 ބިލިއަންގައި އާމްދަނީ ހުރި ނަމަވެސް ސަޕްލިމެންޓްރީ ބަޖެޓާއެކު ހަރަދުތައް ނިމޭ އިރު ދައުލަތުގެ ދަރަންނަށް 21 ބިލިއަން އިތުރުވެގެންދާނެ ކަމަށެވެ. އަދި މިއީ އަހަރެއްގެ ތެރޭގައި ދައުލަތުގެ ބަޖެޓަށް އެންމެ ބޮޑު ދަރަންޏެއް އިތުރުވާނެ އަހަރުކަމަށް މެންބަރ ޝަމްހީދު ވިދާޅުވިއެވެ.
އެއީ ގާތްގަނޑަކަށް 37 ޕަސެންޓް ދަރަނި ބަޖެޓުގައި. ދައުލަތު ހުށަހަޅާ މައިގަނޑު ސަބަބަކީ ޕީއެސްއައިޕީ ދާއިރާތަކުގެ ހަރަދުތައް ރިއަލިސްޓިކް މިންވަރަށްވުރެ މަދު ބަޖެޓުގައި ހިމެނިފައިވާތީ. އެކަމަކު ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓުގެ އަދަދުތަކަށް ބަލާއިރު ހުށަހަޅާފައިވަނީ، ޕީއެސްއައިޕީގެ ބޮޑު ބައި މިއި އިނީ ހިއްކުމަށް. ރިކެލްމޭޝަންއަށް އެބައޮތް 1.25 ބިލިއަން ރުފިޔާ. އެހެންވީމާ ކުޑަ އަގެއް ޖަހައިގެން ފާސްކުރި ކުރުމަކާއި ގުޅުމެއް ނެތް. ކޮންޓިޖެންސީ ބަޖެޓް. މިއީ އެމްޑީޕީގެ ސަރުކާރަކާއި ގުޅުންހުރި އަދަދެއް ނޫން. ކޮންޓިންޖެންސީއަށް އެބައިން 650 މިލިއަން ރުފިޔާ. މިއީ ވެދާނެ ޑްރޯނަށް ކުރި ހަރަދު އަނބުރާ ހޯދަން އުޅޭ އަދަދެއް ކަމަށް. 440 މިލިއަން މިއީ ހަދަން އުޅޭ ބޭންކަށް ބޭނުންވާ ފައިސާ. ރިކަރަންޓް ހަރަދަށް މިއޮތީ އާސަންދައާއި ރޯދަ މަހާއި ގުޅިގެން ދިން ކަރަންޓް ޑިސްކައުންޓަށް ރީއެމްބަރސްމަންޓް ހޯދަންހެން ހީވަނީ.ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު
މެންބަރު ޝަމްހީދު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓާއި އެމްޑީޕީގެ ސަރުކާރާއި ގުޅުމެއް ނެތް ކަމަށެވެ. އަދި ބަޖެޓުގައި ހުރި ނަންބަރުތަކާއި ކުރީ ސަރުކާރާއި ގުޅުވާލެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
ޝަމްހީދު ވިދާޅުވީ ބަޖެޓުގައި ބޮޑު ދަރަންޏެއް އޮތުން އެއީ ގައުމަށް ސަސްޓެއިނަބަލް އަދަދެއްތޯ ބަލަންޖެހޭ ކަމަށެވެ.