ކ. މާލެ
|
24 އޮކްޓޯބަރ 2024 | ބުރާސްފަތި 13:15
ބެއިރޫތުގެ ދެކުނު ސަރަހައްދަށް އިޒްރޭލުން ދިން ހަމަލާގައި ސުންނާފަތިވެފައިވާ ކާރެއް
ބެއިރޫތުގެ ދެކުނު ސަރަހައްދަށް އިޒްރޭލުން ދިން ހަމަލާގައި ސުންނާފަތިވެފައިވާ ކާރެއް
ރޮއިޓާސް
އިޒްރޭލު-ހިޒްބުﷲ ހަނގުރާމަ
އިޒްރޭލުން ހިޒްބުﷲގެ ހަތިޔާރު އުފައްދާ ފެކްޓްރީތަކަށް ވެސް ބޮން އަޅައިފި
މިހަމަލާއާ ގުޅިގެން ލުބުނާނުގެ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި، އިޒްރޭލުން މަދުވެގެން 17 ތަނަކަށް ހަމަލާދީފައިވާ ކަމަށާއި، މިހަމަލާގައި 6 އިމާރާތެއް ވަނީ ސުންނާފަތިވެފައެވެ.
ޚަބަރުގެ އޯޑިއޯ

ބުދަ ދުވަހުގެ ރޭ އިޒްރޭލުން ބެއިރޫތުގެ ދެކުނު ސަރަހައްދަށް ދިން ވައިގެ ހަމަލާތަކުގައި އެ ސަރަހައްދުގެ ދާހިޔާގައި ހުރި ހިޒްބުﷲ ޖަމާއަތުގެ ހަތިޔާރު އުފައްދާ ފެކްޓްރީތަކަށް ބޮން އަޅާ ސުންނާފަތިވެފައިވާ ކަމަށް އިޒްރޭލުން ބުނެފިއެވެ.

އިޒްރޭލު ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، "ބުދަ ދުވަހުގެ ރޭ އިޒްރޭލު އެއަރ ފޯސް (އައިއޭއެފް)ގެ އިންޓެލިޖެންސް އިން ރޭވުންތެރިކަމާއެކު ދާހިޔާ ސަރަޙައްދުގައި ހުރި ހިޒްބުﷲ ޖަމާޢަތުގެ ހަތިޔާރު ރައްކާކުރާ އަދި އުފައްދާ އެތައް މަރުކަޒަކަށް ވަނީ ހަމަލާ ދީފަ،" އެވެ.

މިހަމަލާއާ ގުޅިގެން ލުބުނާނުގެ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި، އިޒްރޭލުން މަދުވެގެން 17 ތަނަކަށް ހަމަލާދީފައިވާ ކަމަށާއި، މިހަމަލާގައި 6 އިމާރާތެއް ވަނީ ސުންނާފަތިވެފައެވެ.

އަނެއްކޮޅުން، ބެއިރޫތުގެ ދެކުނު ސަރަހައްދުގައި ހުންނަ ސަރުކާރުގެ މައި ހޮސްޕިޓަލު ކައިރިއަށް އިޒްރޭލުން އެޅި ވަރުގަދަ ބޮމުގެ ސަބަބުން 12 އިމާރާތަށް ބޮޑެތި ގެއްލުންވެފައިވާކަމަށް، ލުބުނާންގެ ސިވިލް ޑިފެންސްއިން ވަނީ ބުނެފައެވެ.

ބުދަ ދުވަހުގެ ފަތިހުގެ ވަގުތާ ހަމައަށް ވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ހުއްޓުމެއްނެތި ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުގައި މީހުން ތިބިތޯ ބަލަމުންދާ އިރު މި ނުރައްކާތެރި ހަމަލާގައި މަރުވި މީހުންގެ އަދަދު 18ށް ވަނީ އަރާފައެވެ.

- ކޮމެންޓް