ކ. މާލެ
|
22 އޮކްޓޯބަރ 2024 | އަންގާރަ 15:55
މަންމައަށް އަނިޔާކޮށް ފޭރުނު މުހައްމަދު އިސްމާއިލް
މަންމައަށް އަނިޔާކޮށް ފޭރުނު މުހައްމަދު އިސްމާއިލް
ރާއްޖެއެމްވީ
މަންމައަށް އަނިޔާދިނުން
57 އަހަރުގެ މަންމައަށް އަނިޔާކޮށް ވަޅިން ހަމަލާދީ މަރަލާނެކަމަށް ބުނެ ފޭރުނު ދަރިޔަކު ހައްޔަރުކޮށްފި
ވަޅިިން ހަމަލާދީ މަރާލާނެ ކަމަށް ބުނެ އިންޒާރުދީ އަދި ފޯނު ފޭރިގެން ގޮސްފައިވޭ
އަންހެން މީހާއަށް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައި

57 އަހަރުގެ މަންމައަށް އަނިޔާކޮށް ވަޅިން ހަމަލާދީ މަރަލާނެކަމަށް ބުނެ ފޭރުނު ފިރިހެން ދަރިޔަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 (އެޗް13) ގެ އެޕާޓްމަންޓަކުން އަންހެނަކު ރޯ އަޑު އިވޭ ކަމަށް ބުނެ ހޯމަ ދުވަހުގެ އިރުއޮއްސި 6:17 އެހާކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި ރިޕޯޓާ ގުޅިގެން ފުލުހުން ގޮސް އެ އެޕާޓްމަންޓްގެ ދޮރުގައި ޓަކި ޖެހުމުން އަންހެނަކު ދޮރުހުޅުވާފައިވާ ކަމަށާއި، އަދި އެ އަންހެން މީހާގެ ދަރިފުޅު، ހ.އެހަޑަ، މުޙައްމަދު އިސްމާޢީލް (28އ) އެ އަންހެން މީހާއަށް އަނިޔާކޮށް، ވަޅިިން ހަމަލާދީ މަރާލާނެ ކަމަށް ބުނެ އިންޒާރުދީ އަދި ފޯނު ފޭރިގެން ގޮސްފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މުޙައްމަދު އިސްމާޢީލް އަންގާރަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައެވެ.

އަންހެން މީހާއަށް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ހޯމަ ދުވަހުގެރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.


Advertisement
- ކޮމެންޓް