ކ. މާލެ
|
18 އޮކްޓޯބަރ 2024 | ހުކުރު 14:54
އެންމެ މޮޅު އެތުލީޓުންނަށް ހޮވުނު ދީމާ އަދި ޝައްފާން
އެންމެ މޮޅު އެތުލީޓުންނަށް ހޮވުނު ދީމާ އަދި ޝައްފާން
ރައީސް އޮފީސް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024
މޮޅު އެތުލީޓުންގެ މަޤާމު ދީމާ އަދި ޝައްފާން އަަށް
އެންމެ މޮޅު އަންހެން އެތުލީޓުގެ މަޤާމަށް ދިީމާ ހޮވުނުއިރު، ދީމާ ވަނީ އެންމެ އަންހެން އެންމެ އުންމީދީ އެތުލީޓުގެ މަޤާމު ވެސް ހޯދައިފަ އެވެ.

މިއަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު އެތުލީޓުންގެ މަޤާމަށް ޤައުމީ ޓޭބަލް ޓެނިސް (ޓީޓީ) ޓީމުގެ ފާތިމަތު ދީމާ އަލީ އަދި މުޙައްމަދު ޝައްފާން އިސްމާއީލް ހޮވިއްޖެ އެވެ.

އެންމެ މޮޅު އަންހެން އެތުލީޓުގެ މަޤާމަށް ދިީމާ ހޮވުނުއިރު، ދީމާ ވަނީ އެންމެ އަންހެން އެންމެ އުންމީދީ އެތުލީޓުގެ މަޤާމު ވެސް ހޯދައިފަ އެވެ. މީގެ އިތުރުން އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިޔަކަށް ހޮވުނީ ވެސް ދީމާ އެވެ.

މީގެ އިތުރުން އެންމެ މޮޅު ފިރިހެން އެތުލީޓަކަަށް ޝައްފާން ހޮވުނީ ބޮޑީބިލްޑިން އެތުލީޓު އަޒްނީން ރަޝާދު އަދި ބެޑްމިންޓަން ކުޅުންތެރިޔާ ނިބާލް އަޙުމަދާ ވާދަކޮށެވެ. ޝައްފާން ވަނީ އަހަރުގެ އެންމެ މޮޅު ފިރިހެން ޓީޓީ ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދައިފަ އެވެ.

މީގެ އިތުރުން ޓީޓީ އެސޯސިއޭޝަނާ ވާދަކޮށް، އަހަރުގެ އެންމެ މޮޅު އެސޯސިއޭޝަނަކަށް ހޮުވުނީ ހޭންޑުބޯޅަ އެސޯސިއޭޝަން އެވެ.

މީގެ އިތުރުން އެ ހަފުލާގައި ވަނީ އެހެން ކުޅިވަރުތަކުން ވެސް އެންމެ މޮޅު އެތުލީޓުންނަަށް އެވޯޑު ދީފަ އެވެ.

- ކޮމެންޓް