ކ. މާލެ
|
17 އޮކްޓޯބަރ 2024 | ބުރާސްފަތި 09:36
އިޒްރޭލުން ޣައްޒާގެ ޖަބަލިޔާއަށް ދިން ހަމަލާގައި ސުންނާފަތިވި އިމާރާތްތައް
އިޒްރޭލުން ޣައްޒާގެ ޖަބަލިޔާއަށް ދިން ހަމަލާގައި ސުންނާފަތިވި އިމާރާތްތައް
އަލް- ޖަޒީރާ
ޣައްޒާ ހަނގުރާމަ
އިޒްރޭލުން ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ސަލާމަތްނުކުރެވި އެތައް ފުރާނައެއް އަދިވެސް ހިލަތަކުގެ ދަށުވެފައި
ޖަބާލިޔާގެ އަލް-ފަލޫޖާ ސަރަޙައްދަށް އިޒްރޭލުން ދިން ހަމަލާގައި މިހާތަނަށް މަދުވެގެެން 17 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި، އިޒްރޭލުގެ ހަމަލާތަކުން ޒަޚަމްވި މީހުންނަށް އެހީތެރިވާން މަސައްކަތްކުރި ޑޮކްޓަރެއް ވެސް ހިމެނެއެވެ.

ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކުގެ ތެރެއިން އެންމެ ބޮޑު ކޭމްޕު ކަމުގައިވާ ޖަބާލިޔާއަށް އިޒްރޭލުން ދިން ހަމަލާގައި ސުންނާފަތިވި އިމާރާތްތަކުގެ ދަށުވި މީހުންގެ ހަށިތައް އަދިވެސް ނުނެގޭކަމަށް ޣައްޒާގެ ސިވިލް ޑިފެންސްއިން ބުނެފިއެވެ.

ޣައްޒާގެ ކަމާލް އަދްވާން، އަލް-އައުދާ އަދި އިންޑޮނީޝިއާ ހޮސްޕިޓަލްތަކުން ރިޕޯޓުކުރާ ގޮތުގައި، އިޒްރޭލުން ޣައްޒާގެ އުތުރުގައިވާ ޖަބާލިޔާއަށް ދެމުންދާ ހަމަލާއަށް ގާތްގަނޑަކަށް 13 ދުވަސް ވެފައި ވާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ ޣައްޒާ ރައްޔިތުންގެ އަތުގައި ހުރި ކާބޯތަކެތި ވެސް އަންނަނީ ހުސްވަމުންނެވެ.

ޖަބާލިޔާގެ އަލް-ފަލޫޖާ ސަރަޙައްދަށް އިޒްރޭލުން ދިން ހަމަލާގައި މިހާތަނަށް މަދުވެގެެން 17 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި، އިޒްރޭލުގެ ހަމަލާތަކުން ޒަޚަމްވި މީހުންނަށް އެހީތެރިވާން މަސައްކަތްކުރި ޑޮކްޓަރެއް ވެސް ހިމެނެއެވެ.

ޣައްޒާގެ އުތުރު ސަރަޙައްދަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.

ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން 42,344 މީހުން މަރުވެ އަދި 99,013 މީހުންނަށް ވަނީ ޒަޚަމްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް