ކ. މާލެ
|
16 އޮކްޓޯބަރ 2024 | ބުދަ 18:56
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
ރައްޔިތުންގެ މަޖިލިސް
ރައީސް ހައްދަވާ އިތުރުފުޅު
އިތުރުފުޅު ހެއްދެވުމުގެ ރިކޯޑެއް ގާއިމްކުރައްވަމުން ގެންދަވާ ކަމަށް ގިނަ ބަޔަކު ބުނާ ރައީސް މުއިއްޒުއާއި ބޮޑުތަކުރުފާނާއި އެއްވަރުކުރައްވައިފި
އުމުރުން ފަސް އަހަރުގެ ކުދިން އެ ކުދިންގެ 15 އަހަރުގައި ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވާހަކަ ދައްކަވާނެ
ދެވަނަ ބޮޑު ތަކުރުފާނުގެ ނަމުން ރައީސް މުއިއްޒުއާއި މުހާތަބުކުރައްވާނެ

ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގެންނެވި ވައުދުފުޅުތަކާއި، މިހާތަނަށް ނުކުރައްވާނެކަމަށް ވިދާޅުވި އެތައްކަމެއް ކުރައްވާ އިތުރުފުޅު ހެއްދެވުމުގައި ގައުމީ ރެކޯޑް ހައްދަވަމުން ގެންދަވާ ރައީސް ޑރ. މުހައްމަދު މުއިއްޒާއި، މިގައުމުގެ މިނިވަންކަމާއި، އިސްތިގުލާލާއި ދިވެހިންގެ އަމިއްލަވަންތަކަށް ދިފާއުކުރެއްވި ބޮޑު ތަކުރުފާނާއި އެއްވަރުކުރައްވައިފިއެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ، އުމުރުން ފަސް އަހަރުގެ ކުދިން އެ ކުދިންގެ 15 އަހަރުގައި ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވާހަކަ ދައްކަވާނެ ކަމަށެވެ. އެކުދިން ދެވަނަ ބޮޑު ތަކުރުފާނުގެ ނަމުން ރައީސް މުއިއްޒުއާއި މުހާތަބުކުރައްވާނެ ކަމަށެވެ.

މިއަދު އުމުރުން 15 އަހަރުގެ ބޭފުޅުން އުމުރުން 25 އަހަރުގައި ކިޔައިދޭނެ އެއް ޒަމާނެއްގައި އުޅުނޭ ޑރ. މުޙައްމަދު މުޢިއްޒު ކިޔާ ރައީސެއް ރާއްޖޭގައި ވެރިކަންކުރެއްވި. އެ ދުވަހު އެ ބޭފުޅުން ކިޔަވައިދެއްވާނެ އެ ރައީސް ރާއްޖޭގެ ރައީސްކަމާ ހަވާލުވިއިރު މި ޤައުމު އޮތް ހާލަތާއި އެ ރައީސް ފައިބާވަޑައިގެން ދިޔައިރު މި ޤައުމަށް އެ ރައީސް ކޮށްދެއްވި ޚިދުމަތާއ،ި ގެނެސްދެއްވި ތަޙުޒީބާއ،ި ރައޔިތުންނަށް ކޮށްދެއްވި އާދަޔާޚިލާފު ކަންތައްތަކުގެ ވާހަކަ އެ ދުވަހު މިއަދު 15 އަހަރުގެ ކުދިން 25 އަހަރުގައި ކިޔައިދޭނެ. މިއަދު ނުވިހާ މި އަންނަ މަހު ވިހާ ކުދިން އެ ކުދިން 10 އަހަރުގައި، އުމުރުން 10 އަހަރުގައި އެ ވާހަކަ އެ ކުދިންގެ މައިންބަފައިންނަށް ނޫނިއްޔާ ރައްޓެހިންނަށް ސްކޫލުގައި ކިޔައިދޭނެ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަ.
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު

7000 އާއި ގާތްކުރާ އަދަކަށް ވަޒީފާދީ 2000ށް ވުރެ ގިނަ ސިޔާސީ މަގާމްތައް އުފައްދަވާ، ރާއްޖޭގެ މާލީ ހާލަތު މިއިން ޒަމާނެއްގައި ދަށަށް ނުދާވަރަށް ހާލަތު ދަށްކުރެއްވި ރައީސް މުއިއްޒު އަކީ ދައުލަތުގެ ޚަރަދު ކުޑަކޮށް، ދައުލަތަށް އާމްދަނީ ލިބޭނެ ގޮތްތައް އިތުރުކުރައްވާ ރައީސްއެއްކަމަށް ފަލާހު ވިދާޅުވިއެވެ.

- ކޮމެންޓް