ކ. މާލެ
|
15 އޮކްޓޯބަރ 2024 | އަންގާރަ 10:47
ފްރާންސް އާއި ބެލްޖިއަމް ކުޅުނު މެޗުގެ ތެރެއިން
ފްރާންސް އާއި ބެލްޖިއަމް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ޔުއެފާ ނޭޝަންސް ލީގު
ފްރާންސް އިން ބެލްޖިއަމް ބަލިކޮށްފި
މޮޅާއެކު ފްރާންސް އޮތީ މި ގުރޫޕުގެ ދެ ވަނައިގަ އެވެ.

ޔުއެފާ ނޭޝަންސް ލީގު އޭގެ ގުރޫޕު ދޭއްގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުން ފްރާންސް މޮޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗު ފްރާންސް އިން ކާމިޔާބު ކުރި 2-1ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ލަނޑު ޖެހިއިރު، ފްރާންސް މޮޅުވީ ދެ ވަނަ ހާފުގައި ޖެހި ލަނޑުންނެވެ.

މެޗު ފަށައިގެން 23 ވަނަ މިނެޓުގައި ބެލްޖިއަމަށް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ ޔޫރީ ޓިއަލަމަންސް ފޮނުވާލި ނަމަވެސް، އެ ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ. އޭގެ ފަހުން މެޗުގެ 35 ވަނަ މިނެޓުގައި ފްރާންސް އިން ވަނީ ލަނޑު ޖަހައި، ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ ރަންޑަލް ކޯލޯ މުއާނީ އެވެ.

ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބެލްޖިއަމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލޮއިސް އޮޕެންޑާ އެވެ. މެޗުން ފްރާންސް މޮޅުވީ ދެ ވަނަ ހާފުގައި ކޯލޯ މުއާނީ ޖެހި ލަނޑުންނެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލޫކަސް ޑިގްނޭ އެވެ.

މޮޅާއެކު ފްރާންސް އޮތީ މި ގުރޫޕުގެ ދެ ވަނައިގަ އެވެ. އެއީ މިހާތަނަަށް ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ. ތިން މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް