ކ. މާލެ
|
14 އޮކްޓޯބަރ 2024 | ހޯމަ 18:48
މަޖިލީހުގެ ރައީސް (ކ) ރައީސް މުއިއްޒު (ވ) ސަލާމްކުރައްވަނީ
މަޖިލީހުގެ ރައީސް (ކ) ރައީސް މުއިއްޒު (ވ) ސަލާމްކުރައްވަނީ
ރައީސް އޮފީސް
މުރައިދޫގެ މުވައްޒަފުންގެ މައުލޫމާތު
ރައީސްގެ އެންގެވުމާއެކު މުރައިދޫގެ މުވައްޒަފުންގެ ތަފުސީލު ހާމަކުރަން ކޮމިޓީން ނިންމައިފި
ހެނދުނު ބޭއްވި ކޮމިޓީގެ ނިންމުން ބަދަލުކުރަން ހަވީރު ކޮމިޓީއެއް ބާއްވާ ހުށަހެޅުން ހުށަހެޅުއްވީ ފަލާހު
ގޮތެއް ނިންމާފައި އޮއްވާ އަލުން އެ ނިންމުން ބަދަލުކުރުން ގާނޫނާއި ހިލާފުކަމަށް ޣަފޫރު ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމްގެ އަބްދުﷲ ގެ ރަސްމީ ގެކޮޅު، މުރައިދޫގެ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން 241 ކޮމިޓިގެ ނިންމުން ބަދަލުކޮށްފިއެވެ.

ކޮމިޓީން މީގެ ކުރިން ނިންމާފައި އޮތީ ހޯމަ ދުވަހު ބޭއްވި ސިއްރު ބައްދަލުވުމުގައި މުރައިދޫގޭގައި ތިބި މުވައްޒަފުންގެ އަދަދު ހާމަނުކުރުމަށް ނިންމާފައިވަނިކޮށެވެ. ރައީސް މުއިއްޒުގެ އެންގެވުމަށް އެ ހުށަހެޅުން ހުށަހެޅުއްވީ، ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. އަދި މި ހުށަހެޅުން ހުށަހަޅާފައިވަނީ ހޯމަ ދުވަހުގެ ހަވީރު 4:00 ގައި ބޭއްވި ބައްދަލުވުމުގައެވެ.

ކޮމިޓީގެ ބައްދަލުވުމެއް އަލުން ބާއްވަން ނިންމީ މުވައްޒަފުންގެ މައުލޫމާތު ސިއްރުކުރަން 241 ކޮމިޓީން މިއަދު ނިންމި ނިންމުން ބަދަލުކުރަން ރައީސް މުއިއްޒު އެދިވަޑައިގަތުމުންނެވެ. މިކަން ޕީއެންސީގެ މަޖިލިސް މެންބަރުން ވަނީ ކަށަވަރުކޮށްދީފައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ރަސްމީ ގެކޮޅު، މުރައިދޫގޭގައި ތިއްބަވާ މުވައްޒަފުންގެ އަދަދާއި، އެ މުވައްޒަފުންގެ މުސާރައިގެ ތަފްސީލު ހޯދުމަށް އެކިއެކި ފަރާތްތަކުން މަޖިލީހަށް ފޮނުވާފައިވާ ސިޓީގެ މައްސަލަ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބެލުމަށް ބޭއްވި ފުރަތަމަ ބައްދަލުވުން މެންބަރުންގެ އިއްތިފާގުން ސިއްރުކުރިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް، އެމަނިކުފާނަށް ހާއްސަކޮށްފައިވާ މުރައިދޫގެއަށް ބަދަލުވެވަޑައިގަތީ ޖުލައި މަހުގެ 28 ގައެވެ.

ހަވީރު ބޭއްވި ކޮމިޓީގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެ ކޮމިޓީ ބައްދަލުވުން އަލުން ތާވަލުކުރީ އެ ނިންމުމުގައި މުރާޖާކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ ކަމަށެވެ. އަދި މި ބައްދަލުވުމުގައި މެންބަރު ފަލާހު ވަނީ މުރައިދޫގޭގެ މައުލޫމާތުތައް ހޯދުމަށް އެދިފައިވާ ފަރާތްތައް އެދުނު ހުރިހާ މައުލޫމާތެއް ފޯރުކޮށްދިނުމަށް ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ތާއީދުކުރެއްވިއެވެ.

ނަމަވެސް ހެނދުނު ބޭއްވި ކޮމިޓީގައި ވަކިގޮތަކަށް ނިންމާފައި އޮއްވާ އެ ނިންމުން އަލުން ބަދަލުކުރުމަށް ކޮމިޓީ ބާއްވާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު ވަނީ ފާހަގަކޮށްފައެވެ. އަދި ހެނދުނު ކޮމިޓީން ވަކިގޮތެއް ނިންމާފައި ވަނިކޮށް އަލުން އެ މައްސަލަ ނުބޭއްވޭނެ ކަމަށާއި ކައުންސިލް ޖެނެރަލްގެ ލަފައެއް ހޯދަން ޖެހޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

އަަދި ރައީސްގެ އެންގެވުމަށް ހަވީރު ބޭއްވި ކޮމިޓީން މުރައިދޫގެ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ފާސްކޮށްފައިވަނީ ޣަފޫރު ފިޔަވައި ކޮމިޓީއަށް ހާޒިރުވި ހުރިހާ މެންބަރުންގެ ވޯޓުންނެވެ.

Advertisement

Advertisement
- ކޮމެންޓް