ކ. މާލެ
|
11 އޮކްޓޯބަރ 2024 | ހުކުރު 10:03
ޔޫއެންޑީޕީއަށް ރާއްޖޭގައި 45 އަހަރު ފުރުން ފާހަގަކުރުން
ޔޫއެންޑީޕީއަށް ރާއްޖޭގައި 45 އަހަރު ފުރުން ފާހަގަކުރުން
މުއިއްޒު
ޔޫއެންޑީޕީއަށް ރާއްޖޭގައި 45 އަހަރު ފުރުން
ރާއްޖޭގެ ތަރައްޤީގެ އަމާޒު ބައްޓަން ކުރުމަށް ޔޫއެންޑީޕީން އަދާކުރި ދައުރު މުހިންމު - ރައީސް
ރައީސް ވަނީ ޔޫއެންޑީޕީން ވޭތުވެދިޔަ އަހަރުތަކުގައި ދެއްވި އެއްބާރުލުން ފާހަގަކުރައްވާފަ
ކުޑަކޮށް ކުރިއަރާފައިވާ ގައުމެއްގެ ދަރަޖައިން މައްޗަށް ރާއްޖެ ގެންދިއުމަށް ޔޫއެންޑީޕީގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކަމަށް ވަނީ ފާހަގަކުރައްވާފަ

ރާއްޖޭގެ ތަރައްޤީގެ އަމާޒު ބައްޓަން ކުރުމަށް ޔޫއެންޑީޕީން އަދާކުރި ދައުރު މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވެފައި ވަނީ ޔޫއެންޑީޕީއަށް ރާއްޖޭގައި 45 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ 45 އަހަރަކީ ދިވެހިރާއްޖެއާއި އދ.ގެ ގުޅުމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ރައީސް ވަނީ ޔޫއެންޑީޕީގެ އެއްބާރުލުމަކީ ދިވެހި ރައްޔިތުންގެ އުއްމީދުތައް ފުރިހަމަކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވެފައެވެ. ރާއްޖެއާއި ޔޫއެންޑީޕީގެބައިވެރިވުމާޢި އެކު ދެމެހެއްޓެނިވި ތަރައްގީ ގެނެސްދެވޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ކުރިއެރުމަށް ފުރުސަތު އޮންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ޔޫއެންޑީޕީ އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުމުގެ ސަބަބުން އިގްތިޞާދީ ގޮތުން އެންމެ ކުޑަކޮށް ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން، ޒަމާނީ، ހަރުދަނާ، އަދި ކުރިއަރާފައިވާ ގައުމަކަށް ރާއްޖެ ބަދަލުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން 2011 ވަނަ އަހަރު ރާއްޖެ އެންމެ ކުޑަކޮށް ކުރިއަރާފައިވާ ގައުމެއްގެ ދަރަޖައިން މައްޗަށް ރާއްޖެ ގެންދިއުމަށް ޔޫއެންޑީޕީގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ޔޫއެންޑީޕީއާއެކު އޮތް ގުޅުމާއެކު ތަރައްގީގެ އަސާސީ ބޭނުންތަކަށް ހައްލު ހޯދުމުގެ ބައިވެރިއެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް އިތުރަށް ވިދާޅުވީ ޑިޖިޓަލް އިގްތިޞާދާއި ދެމެހެއްޓެނިވި ތަރައްގީއަށް އިސްކަންދީގެން 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ އަކީ ފުރިހަމަ އަށް ތަރައްގީވުމަށް ކުރާ މަސައްކަތަށް އެ މަނިކުފާނު ވަނީ އަލިއަޅުވާލައްވާފައެވެ. ރައީސް ވަނީ ޔޫއެންޑީޕީން ވޭތުވެދިޔަ އަހަރުތަކުގައި ދެއްވި އެއްބާރުލުން ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް