ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 12:38
ލިވަޕޫލްގެ ގޯލު ކީޕަރު އެލިސަން ބެކާ
ލިވަޕޫލްގެ ގޯލު ކީޕަރު އެލިސަން ބެކާ
ރޮއިޓާސް
ލިވަޕޫލް
އަނިޔާގެ ސަބަބުން އެލިސަން ކުޅުމާ ދުރަށް
އަނިޔާގެ ސަބަބުން އެލިސަން އަށް ގާތް ގަނޑަކަށް ލިވަޕޫލް އިން ކުޅޭ ހަތް މެޗު ގެއްލޭނެ އެވެ.

ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލްގެ ގޯލު ކީޕަރު އެލިސަން ބެކާ އަށް ލިބުނު އަނިޔާގެ ސަބަބުން، އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ލިވަޕޫލްގެ އެއް ނަންބަރު ގޯލު ކީޕަރު އެލިސަން އަށް އަނިޔާވެފައި ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އިން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ލިވަޕޫލް މޮޅުވި އެ މެޗުގެ ވަކި ހިސާބަކުން ލިބުނު އަނިޔާގެ ސަބަބުން އެލިސަން ވަނީ ބަދަލު ވެސް ކޮށްފަ އެވެ. އެއީ އޭނާގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.

އޭގެ ފަހުން ލިވަޕޫލް އިން ކުރިއަށް ގެންދިޔަ މެޑިކަލް ޓެސްޓުތަކުން ދައްކާ ގޮތުގައި، ފަލަމަސްގަނޑުގެ އަނިޔާ އިން އެލިސަން ރަނގަޅުވުމަށް ގާތް ގަނޑަކަށް އެއް މަސް ދުވަހުގެ މުއްދަތެއް ނަގާނެ އެވެ. އަނިޔާގެ ސަބަބުން އެލިސަން އަށް ގާތް ގަނޑަކަށް ލިވަޕޫލް އިން ކުޅޭ ހަތް މެޗު ގެއްލޭނެ އެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގައި ލިވަޕޫލް އިން ޗެލްސީ އަދި އާސެނަލާ ދެކޮޅަށް ކުޅޭ މެޗު ވެސް ހިމެނޭނެ އެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލްް އިން ކުޅޭ ދެ މެޗެއް ހިމެނޭނެ އެވެ،

މި ސީޒަންގައި މީގެ ކުރިން ވެސް އެލިސަން އަށް ވަނީ އަނިޔާގެ ސަބަބުން ދެ މެޗު ގެއްލިފަ އެވެ. މި ސީޒަންގައި އޭނާ ވަނީ އަށް މެޗެއްގައި ލިވަޕޫލްގެ ގޯލު ބަލަހައްޓައިފަ އެވެ. އޭގެ ތެރެއިން ޕްރިމިއާ ލީގުގައި އޭނާ ވަނީ ހަ މެޗުގައި ލިވަޕޫލްގެ ގޯލު ބަލަހައްޓައިފަ އެވެ. މިހާތަނަށް އެލިސަން ވަނީ ޖުމުލަ 271 މެޗުގައި ލިވަޕޫލްގެ ގޯލު ބަލަހައްޓައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް