ކ. މާލެ
|
9 އޮކްޓޯބަރ 2024 | ބުދަ 06:36
އިންޑިއާގެ އަސްކަރީ އުޅަނދުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ބަލަހައްޓާގޮތަށް އެއްބަސްވެފައިވޭ
އިންޑިއާގެ އަސްކަރީ އުޅަނދުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ބަލަހައްޓާގޮތަށް އެއްބަސްވެފައިވޭ
ރާއްޖެއެމްވީ
އިންޑިއާ ސިފައިން
ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ
އިންޑިއާއިން ރާއްޖެއަށް އެހީތެރިވާނީ "ދިފާޢީ ޕްލެޓްފޯމްތަކާއި އެސެޓްތައް" ނުވަތަ އަސްކަރީ އުޅަނދުތައް ފޯރުކޮށްދިނުމުގައި
ކަނޑުގެ ސަރަހައްދު ނުވަތަ އިކޮނަމިކް ޒޯން ބެލެހެއްޓުމުގައި އިންޑިއާގެ އުޅަނދުތައް ހަރަކާތްތެރިވާނެ
ކަނޑުގެ ސަލާމަތާއި ސެކިއުރިޓީ ބޭނުންތަކަށް، ޤައުމީ އިސްކަންދޭ ކަންކަމާ އެއްގޮތަށް މި ވަސީލަތްތައް ބޭނުންކުރެވޭނެ

އިންޑިއާ ސިފައިންނާއެކު އިންޑިއާގެ އިތުރު އަސްކަރީ އުޅަނދުތަކެއް ރާއްޖެ ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްބަސްވެވަޑައިގެންފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވާ ރަަސްމީ ދަތުރުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ ބައްދަލުކުރައްވައި، ދެބޭފުޅުން ކުރެއްވި މަޝްވަރާއަށް ފަހު، ނެރުނު ޖޮއިންޓް ޕްރެސް ރިލީސްއާއި އިންޑިއާގެ މީޑިއާތަކުގައި ބުނެފައިވަނީ "ދިފާޢީ ޕްލެޓްފޯމްތަކާއި އެސެޓްތައް" ގާއިމުކުރުމަށް ރައީސް މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު އިންޑިއާއަށް ހުއްދަ ދެއްވާފައިވާ ކަމަށެވެ.

އިންޑިއާއިން އެެހީތެރިކަން ފޯރުކޮށްދެނީ، ދިވެހި ޤައުމީ ދިފާޢީ ބާރުގެ (އެމްއެންޑީއެފް) ގެ މޮނިޓަރިންގ އަދި ސަރވެއިލަންސް ޤާބިލިއްޔަތު އިތުރުކުރުމަށް "ރާޑާރ ސިސްޓަމްތަކާއި އެހެނިހެން އާލާތްތައް" ފޯރުކޮށްދިނުމުގައެވެ.

މުޢިއްޒު ނިއު ދިއްލީގައި ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވިއިރު، އިޤްތިޞާދީ ހީނަރުކަމާއި ކުރިމަތިވެފައިވާ ދަރަނީގެ ޑިފޯލްޓުން އަރައިގަތުމަށް އެހީތެރިވުމަށް އިންޑިއާއިން ވަނީ އެއްބަސްވެފައެވެ. ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުން ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕްއަކަށް ބަދަލުކުރުމަށެވެ. އަދި ދިވެހިރާއްޖޭގެ ފުޅާ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ކަނޑުގެ ސަލާމަތަށް ކުރިމަތިވާ އާންމު އަދި އާދަޔާ ޚިލާފު ގޮންޖެހުންތަކުން ރައްކާތެރިކުރުމުގެ ޤާބިލިއްޔަތު އިތުރުކުރުމަށް ދެ ފަރާތުން އެއްބަސްވެ އިންޑިއާއިން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވަނީ ބުނެފައެވެ.

މޯދީ ވިދާޅުވީ އެމަނިކުފާނާއި، މުޢިއްޒު ދިފާޢީ އަދި ސަލާމަތީ އެއްބާރުލުމުގެ އެކި ދާއިރާތަކާ ބެހޭގޮތުން ފުޅާ މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެން ދިވެހި ޤައުމީ ދިފާޢީ ބާރުގެ ތަމްރީނާއި ޤާބިލިއްޔަތު އިތުރުކުރުމުގައި އެއްބާރުލުން ކުރިއަށް ގެންދާނަމެވެ. އެކުގައި، އަޅުގަނޑުމެން ހިންދު ކަނޑު ސަރަޙައްދުގެ އިސްތިޤްރާރާއި ކުރިއެރުމަށް މަސައްކަތް ކުރާނަމެވެ. އަޅުގަނޑުމެން ހައިޑްރޯގްރަފީ އަދި ކާރިސާތަކަށް އިޖާބަދިނުމުގައި އެއްބާރުލުން އިތުރުކުރާނަމެވެ،" ބޮޑުވަޒީރު ވިދާޅުވިއެވެ.

ދެ ބޭފުޅުންގެ ބައްދަލުވުމަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އިންޑިއާއިން ރާއްޖެއަށް އެހީތެރިވާނީ "ދިފާޢީ ޕްލެޓްފޯމްތަކާއި އެސެޓްތައް" ނުވަތަ އަސްކަރީ އުޅަނދުތައް ފޯރުކޮށްދިނުމުގައި، ދިވެހި ޤައުމީ ދިފާޢީ ބާރުގެ އަދި ދިވެހި ސަރުކާރުގެ ޤާބިލިއްޔަތު އިތުރުކުރުމަށް، ކަނޑުގެ ސަލާމަތާއި ސެކިއުރިޓީ ބޭނުންތަކަށް، ޤައުމީ އިސްކަންދޭ ކަންކަމާ އެއްގޮތަށެވެ.

އިންޑިއާއިން ކުރިން ދިވެހިރާއްޖޭގައި ބައެއް އަސްކަރީ މުވައްޒަފުން ބައިތިއްބާފައިތިބީ ޑޯނިއަރ މަތިންދާބޯޓާއި އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ އެޑްވާންސްޑް ލައިޓް ހެލިކޮޕްޓަރު އޮޕަރޭޓްކޮށް، އުދުއްސުމަށް، އަދި ދުރު ރަށްރަށުން ކުއްލި ޙާލަތުގައި މީހުން އެހެން ތަންތަނަށް ގެންދިއުމަށެވެ.

ރާއްޖޭގައި 'އިންޑިއާ-އައުޓް' ކެމްޕޭނުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ޑރ. މުހައްމަދު މުއިއްޒު ސެޕްޓެމްބަރ 2023 ގައި ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާ، ކެމްޕޭނުގައި ވަޢުދުވެވަޑައިގެންނެވި ގޮތަށް އިންޑިއާއިން ދިވެހިރާއްޖޭގައި ތިބި ހުރިހާ އަސްކަރީ މުވައްޒަފުން އަނބުރާ ގެންދެވުމަށް މަސައްކަތް ފެއްޓެވިއެވެ. ނަމަވެސް ސިފައިންގެ ބަދަލުގައި ރާއްޖެ ގެނެސްފައިވަނީ ޔުނީފޯމް ނާޅާ އިންޑިއާ ސިފައިން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

Advertisement

Advertisement
- ކޮމެންޓް