ކ. މާލެ
|
8 އޮކްޓޯބަރ 2024 | އަންގާރަ 19:19
ޗާގޯސް އާކިޕެލަގޯގެ މައްސަލައިގައި މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރޭ
ޗާގޯސް އާކިޕެލަގޯގެ މައްސަލައިގައި މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރޭ
ރާއްޖެއެމްވީ
ޗާގޯސް ކަނޑުގެ މައްސަލަ
ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން
ސިޓީ ގެނެސް އޭގައި ހުރި ވާހަކައެއް ދައްކާކަށްވެސް ބޭނުން ނުވޭ
ސިޓީގައި އޮތީ ގޯސް ވާހަކައެއްކަމެއްވެސް ވިދާޅުވާކަށް ރައީސް މުއިއްޒުއަށް ކެރިވަޑައިނުގެންނެވި

ރާއްޖެއަށް ކަނޑުގެ ބައެއް ގެއްލުނު މައްސަލައާއި ގުޅިގެން މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފް ފްރަންޓް އޮފީސް ޖަލްސާފައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ޗާގޯސް މައްސަލައަކީ ޕީޕީއެމް ޕީއެންސީގެ ހުރިހާ ވެރިންނަށް އެކަންކަން ގޯސްކަމަށެވެ. އަދި މިއީ މިއަދު އެމްޑީޕީއަށް ހަތިޔާރު އުފުލަން ލިބޭ ފުރުސަތު ކަމަށާއި، އެއިރު ކީހާ ޅެން ފަރިއްސަށް ބަދަކުވެގެން ގޮސްފި ކަމަށާއި، ދެއްކި ހުރިހާ ވާހަކައެއް އަނެއްކޮޅަށް ޖެހިއްޖެކަމަށެވެ. ޔާމީން ވިދާޅުވީ އެންމެ ބޮޑުވި މައްސަލައަކީ ފޯޅަވަހީގެ ކަނޑުން ދިވެހިރާއްޖެއަށް ލިބެން ވާވަރަށްވުރެ ކުޑަބައެއް ލިބިފައި އޮތުން ކަމަށެވެ. އެއީ ހުރިހާ އެންމެންވެސް ބުނީ މިއީ ބޮޑު ގައްދާރުވުމެއް ކަމަށެވެ.

ޔާމީން ވިދާޅުވީ މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ސިޓީއެއް ފޮނުއްވާފައިވާކަމަށް ވިދާޅުވާއިރު، އެ ސިޓީ ބެލޭހިސާބުގައި މުއިއްޒު މިހާރު ހުންނެވި ކަމަށެވެ. ރައީސް އޮފީހުން ފޮނުވި ރަސްމީ ސިޓީއެއްނަމަ ފެންނާނެ ކަމަށާއި، ހާރިޖިއްޔާގެ ތެރެއިން ދިޔަ ސިޓީއެއްނަމަ އެވެސް ފެންނާނެ ކަމަށާއި، ނަމަވެސް އެ ސިޓީ ގެނެސް އޭގައި ހުރި ވާހަކައެއް ދައްކާކަށްވެސް ބޭނުން ނުވާ ކަމަށެވެ.

ޔާމީން ވިދާޅުވީ ސިޓީގައި އޮތީ ގޯސް ވާހަކައެއްކަމެއްވެސް ވިދާޅުވާކަށް ރައީސް މުއިއްޒުއަށް ކެރިވަޑައިނުގެންނެވި ކަމަށާއި، ކަނޑުގެ މައްސަލައިގައި އިޓޮލަސްއަށް ގޮސްގެން ދެންކުރެވޭނީ ކޮންކަމެއްތޯ ބަލަނީ ނަމުގައި ކަމަށެވެ. ޔާމީން ވިދާޅުވީ އެއީ މުނާފިގު ސިފަތަކެއް ކަމަށެވެ.

ނަމުގައި ކޮމިޓީއެއް ހަދާފައި. އެއީ ހިނގާ ކޮމިޓީއެއްގެ ގޮތުގައި ނޫން މިއޮތީ ނިންމާފައި. އެއީ އެކަންކަން ކުރަމުން އިންޑިއާއަށްވެސް ދެވޭކަށް ނެތް. އަޅުގަނޑުމެންގެ ވާހަކައަކީ މި ހުރިހާކަމެއް މޮރިޝަސްއަށް ފަހިކޮށްދިނީ އިންޑިއާއޭ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރާއްޖެއާއި މޮރިޝަސްއާ ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީން) ނިންމާފައި އޮންނަތާވެސް 5 މަސްވެއްޖެއެވެ.

- ކޮމެންޓް