ކ. މާލެ
|
8 އޮކްޓޯބަރ 2024 | އަންގާރަ 09:41
ލިވަޕޫލަށް ކުޅެމުން އަންނަ އިބްރާހިމާ ކޮނާޓޭ
ލިވަޕޫލަށް ކުޅެމުން އަންނަ އިބްރާހިމާ ކޮނާޓޭ
ރޮއިޓާސް
ލިވަޕޫލް
ކޮނާޓޭގެ އެއްބަސްވުން އައު ކުރުމަށް ލިވަޕޫލުން މަސައްކަތް ކުރަނީ
ލިވަޕޫލުން ކުރިއަށް ދާން މަސައްކަތް ކުރަމުން އަންނަ ޕްރޮޖެކްޓުގައި ކޮނާޓޭ އަކީ މުހިންމު ކުޅުންތެރިޔެެއްގެ ގޮތުގައި އެ ކުލަބުން ދެކޭ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ލިވަޕޫލަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭގެ އެއްބަސްވުން އައު ކުރުމަށް އެ ކުލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ޖަރުމަނުގެ އާރްބީ ލައިޕްޒިގް ދޫކޮށްލުމަށްފަހު އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ލިވަޕޫލަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. ލިވަޕޫލާ އެކު ކޮނާޓޭ ސޮއި ކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ކޮނާޓޭގެ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތްއިރު، ލިވަޕޫލުން އަންނަނީ އޭނާގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ލިވަޕޫލުން ކުރިއަށް ދާން މަސައްކަތް ކުރަމުން އަންނަ ޕްރޮޖެކްޓުގައި ކޮނާޓޭ އަކީ މުހިންމު ކުޅުންތެރިޔެެއްގެ ގޮތުގައި އެ ކުލަބުން ދެކޭ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން، ކޮނާޓާގެ އައު އެއްބަސްވުމާ ގުޅުން ހުރި މަޝްވަރާތައް ލިވަޕޫލް ތެރޭގައި މިހާރު ކުރެވެމުން އަންނަ ކަމަށް ވެސް މީޑިއާ ތަކުގައި ބުނެފައިވެ އެވެ. ޚާއްސަކޮށް ލިވަޕޫލްގައި ކޮނާޓޭ ހުރީ ހިތްހަޖަ ޖެހިގެން ކަމަށްވާއިރު، އެ ކުލަބުގެ އެއްބަސްވުން އޭނާ އައު ކުރުމަކީ ގާތް ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިހާރު ލިވަޕޫލްގައި ކޮނާޓޭ ހޭދަކުރަމުން ދަނީ އޭނާގެ ހަތަރު ވަނަ ސީޒަނެވެ. އޭނާ ވަނީ މިހާތަނަށް ލިވަޕޫލަށް ކުޅެދިން 99 މެޗުގައި ފަސް ލަނޑު ޖަަހައިފަ އެވެ. އެ ކުލަބާ އެކު ކޮނާޓޭ ވަނީ އެފްއޭ ކަޕް، ކަރަބޯ ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑު ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން 22-2021 ވަނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލުން ކުޅުނު ޓީމުގައި ވެސް އޭނާ ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް