ކ. މާލެ
|
5 އޮކްޓޯބަރ 2024 | ހޮނިހިރު 11:53
ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް އޮފީސް
ރައީސްގެ ހަމަލާ ނޫސްވެރިންނަށް
ރައީސްގެ ބަހުގެ ހަމަލާ ނޫސްވެރިންނަށް: ދޮގު ހަބަރު ފެތުރުން އޮތީ މޫލާފައި، އެކަމުގެ ސަބަބުން ގެއްލުންވޭ
މީހުންގެ އަބުރު ކަތިލަމުން އާއިލީ ގުޅުންތަކަށް ވިހަލަމުންދަނީ ކީއްވެގެންތޯ ސުވާލު އުފެއްދެވި
ފިތުނައިގެ އަލިފާނުން މުޅި ގައުމީ ފެރާން އަޅިއަށް ހަދާލާއިރު އެއީ މިނިވަންކަމުގެ ހައްގުކަމަށް ހީކުރެވެނީ ކީއްވެގެންތޯ ސުވާލު އުފެއްދެވީ
އިސްލާމަކަށް، ފުރިހަމަ މުއުމިނަކަށް ވެވޭނީ ހިތުގެ އެންމެ ފުނުގައި ދިރުވަމުންދާ އީމާނާއި، ސައްހަ އަގީދާގެ މައްޗަށް

ދޮގާއި ދޮގު ހަބަރު ފެތުރުން އޮތީ ދިވެހި މުޖްތަމައުގައި މޫލާފައި ކަމަށާއި, ފަތުރާ ދޮގު ހަބަރުތަކުގެ ސަބަބުން ދައުލަތަށް ވެސް ގެއްލުންވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެއިސްލާމްވި ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވާ ދިވެހި ނޫސްވެރިކަމަށް ބަހުގެ ހަމަލާތައް ދެއްވާ ރައީސް ވިދާޅުވީ ދޮގާއި ދޮގު ހަބަރު ފެތުރުމަކީ ދިވެހި މުޖްތަމައަށް އޮތް ބޮޑު ހަލާކެއް ކަމަށެވެ. ނޫސްތަކާއި މީޑިއާއިން މުޖްތަމައުގެ ކަންއޮތްގެން އެނގޭ ކަމަށެވެ. އަދި މުޖްތަމައު ސިފަކުރާ އެކިއެި ލިއުންތަކުން އެނގޭ ކަމަށެވެ. ދޮގު ހަބަރު ފަތުރާ މީހުން ކުޑަ ލާރިކޮޅަކަށް ވިޔަސް އެ މަސައްކަތް ކުރާ ކަމަށެވެ.

ރައީސް ވިދާޅުވީ މީހުންގެ މުދަލަށާއި، ޖާނަށް ގެއްލުން ދެވެމުންދަނީ ކީއްވެގެންތޯ ސުވާލުއުފައްދަވާފައެވެ. ކޯފާވެރި އަޑަކުން އެމަނިކުފާނު ވިދާޅުވީ މީހުންގެ އަބުރު ކަތިލަމުން އާއިލީ ގުޅުންތަކަށް ވިހަލަމުންދަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.

ދޮގާއި މަކަރާއި ހީލަތުން ބޮޑެތި ފަސާދަތައް އުފަންކުރަނީ ކިއްވެގެންތޯ ވެސް އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ. ރައިސް ވަނީ ފިތުނައިގެ އަލިފާނުން މުޅި ގައުމީ ފެރާން އަޅިއަށް ހަދާލާއިރު އެއީ މިނިވަންކަމުގެ ހައްގުކަމަށް ހީކުރެވެނީ ކީއްވެގެންތޯ ވެސް ސުވާލު އުފައްދަވާފައެވެ.

ރައީސް ވިދާޅުވީ ދޮގު ހެދުމާއި ދޮގު ހަބަރު ފެތުރުމަށް ބަލާލާއިރުވެސް އެއީ އަދުގެ ދިވެހި މުޖްތަމައުގައި މޫލާފައި އޮތް ބޮޑު ހަލާކެއް ކަމަށެވެ. ދޮގާއި، އާޑަ ފުރައްސާރައާއި، ނެތި ނުބައިކިޔުމުގެ ބާޒާރުގައި އެތައް ބަޔަކު އަވަދި ނެތި އުޅޭ ކަމަށާއި، އެއީ ލިބޭ ދުނިޔެވީ މަންފާއަކަށް ކަމަށާއި، އެކަން ކުރަނީ ކުޑަ ލާރިކޮޅަކަށް ކަމަށެވެ.

މިފަދަ ދަށު ދަރަޖައިގެ ކަމެއް ކުރާއިރު ހެޔޮވިސްނުން ނާންނަނީތޯ ސުވާލު އުފައްދަވާ ރައީސް ވިދާޅުވީ އެއީ މުޖްތަމައަށް ލެވޭ ނުބައި ޒަހަރެއްކަން ނުދަންނަނީތޯ ވެސް ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް ވިދާޅުވީ ދޮގާއި ފުރައްސާރަ ފެތުރުމުގެ ބާޒާރަކީ އިސްލާމީ ސަގާފަތުން ޖާގަ ލިބިދޭނެ ބާޒާރެއް ނޫން ކަމަށާއި އެކަމެއް ގަބޫލު ކުރުމުގެ ކުރިން އެކަމުގެ ތެދު ބަލަން ޖެހޭކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް