ކ. މާލެ
|
4 އޮކްޓޯބަރ 2024 | ހުކުރު 19:30
ޑރ މުއިއްޒު އިންޑިއާ އައުޓް ކެމްޕޭންގައި
ޑރ މުއިއްޒު އިންޑިއާ އައުޓް ކެމްޕޭންގައި
ގޫގުލް
އިންޑިއާ-ރާއްޖެ ގުޅުން
އިންޑިއާ އަށް ޑރ. މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ވިޔަފާރީގެ މަޝްވަރާތަކަށް މުމްބާއީ އަށާއި ބެންގަލޫރަށް ވަޑައިގަންނަވާނެ
މި ދަތުރުފުޅުން ދެޤައުމުގެ އެއްބާރުލުމާއި ރައްޔިތުންގެ މެދުގައި އޮންނަ ވަރުގަދަ ގުޅުން އިތުރަށް ހަރުދަނާވާނެކަމަށް އުންމީދުކުރާ ކަމަށް އިންޑިއާ އިން ބުނޭ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުއިއްޒު އަންނަ އާދިއްތަ ދުވަހު އިންޑިއާ އަށް ފައްޓަވާ ރަސްމީ ދަތުރުފުޅުގައި ބެންގަލޫރަށާއި މުމްބާއީ އަށް ޒިޔާރަތްކުރައްވާ، އެ ދެ ސިޓީގައި ވިޔަފާރިއާ ގުޅޭ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ.

އޮކްޓޯބަރު 6ން 10ށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު އިންޑިއާގެ ރައީސާ ބައްދަލުކުރައްވާނެއެވެ. އަދި ބޮޑުވަޒީރު ޝްރީ ނަރެންދްރަ މޯދީއާއެކު ދެޤައުމުގެ ގުޅުމާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ދާއިރާގައި ދެޤައުމަށް މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ހައިކޮމިޝަނުން ބުނެއެވެ.

މިއީ ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ކުރައްވާ ފުރަތަމަ ބައިލެޓަރަލް ދަތުރުފުޅެވެ. ޑރ. މުއިއްޒު ކުރިން އިންޑިއާއަށް ވަޑައިގެންފައިވަނީ 2024 ގެ ޖޫން މަހު ބޭއްވުނު ބޮޑުވަޒީރު މޯދީ ބޮޑުވަޒީރުގެ ކަމުގެ ތިންވަނަ ދައުރަށް ހުވާކުރުއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އިންޑިއާގެ މުހިންމު އަވައްޓެރިއެއް ކަމަށް މި ދަތުރުފުޅާ ބެހޭ ގޮތުން ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި ބޮޑުވަޒީރުގެ 'ސާގަރ' (ސަރަޙައްދުގެ އެންމެންނަށް ރައްކާތެރިކަމާއި ކުރިއެރުން) ގެ ތަޞައްވުރާއި އިންޑިއާގެ 'އަވައްޓެރިން އިސްކުރުމުގެ ސިޔާސަތު' ގައި ދިވެހިރާއްޖެއަށް ޚާއްޞަ މަޤާމެއް ލިބިފައިވާކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ދާދި ފަހުން ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާއިން ދިވެހިރާއްޖެއާއެކު އޮންނަ ގުޅުމަށް އިންޑިއާ އިން ދޭ އަހައްމިއްޔަތުގެ ހެއްކެއް ކަމަށާއި، އަދި މި ދަތުރުފުޅުން ދެޤައުމުގެ އެއްބާރުލުމާއި ރައްޔިތުންގެ މެދުގައި އޮންނަ ވަރުގަދަ ގުޅުން އިތުރަށް ހަރުދަނާވާނެކަމަށް އުންމީދުކުރާ ކަމަށްވެސް ހައިކޮމިޝަނުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް