ކ. މާލެ
|
3 އޮކްޓޯބަރ 2024 | ބުރާސްފަތި 18:24
ހުޅުމާލޭގައި 15 ޕާކިން ބިލްޑިންތައް އިމާރާތް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރައްވަނީ
ހުޅުމާލޭގައި 15 ޕާކިން ބިލްޑިންތައް އިމާރާތް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރައްވަނީ
ޓްރާންސްޕޯޓް މިނިސްޓްރީ
ހުޅުމާލޭގައި 15 ޕާކިން ބިލްޑިންތައް އިމާރާތް ކުރުނ
ހުޅުމާލޭގައި 15 ޕާކިން ބިލްޑިންތައް އިމާރާތް ކުރުމަށް އެއްބަސްވުން: ޕާކިން ސްލޮޓްތައް ދާއިމީކޮށް ނެގޭނެ
މި ޕާކިން ބިލްޑިންއިން ގަރާޖު ސިޓީ ވެސް ނެގޭނެ
މިހާރު މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ
އެކި ކަހަލަ ވިޔަފާރިއަށް ދޫކުރާ ފްލޯގައި ކެފޭ ރެސްޓޯރަންޓްތަކާއި ވިޔަފާރިތައް ހިންގުމަށް ފުރުސަތު ހުޅުވާލާނެ

ހުޅުމާލޭގައި 15 ޕާކިން ބިލްޑިންތައް އިމާރާތް ކުރުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)އާއި ޓްރާންސްޕޯޓް މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބުރާސްފަތި ދުވަހު ޓްރާސްޕޯޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ޕާކިން އިމާރާތްތައް އެޅުމާއެކު، މިހާރު މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ޕާކިން ސްލޮޓްތައް ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި، ގަރާޖު ސިޓީ ވެސް ނެގޭނެ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން އެޗްޑީސީން މިއަޅާ ޕާކިން ބިލްޑިންތަކަކީ ރަޖިސްޓްރީ ކުރެވޭނެ އެ ޕާކިން ބިލްޑިންތައް އަޅާ ނިމުނީމަ .އެ ޕާކިން ބިލްޑިންގ ގާނޫނުގެ ތެރެއިން ރަޖިސްޓްރީ ކުރެވޭނެ ވެހިކަލް އެނގޭތޯ. އެހެންވީމަ އެއީ މިވަގުތު ވަރަށް ގިނަ ބޭފުޅުންނަށް ދަތިވެފައި އޮތް މައްސަލައެއް.
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވިދާޅުވީ ޕާކިންގެ މި އިމާރާތްތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. މިއަހަރު ނިމުމުގެ ކުރިން ކޮންޓްރެކްޓަރެއް ނަގައި މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ފުރަތަމަ އަހަރު 7 އިމާރާތުގެ މަސައްކަތް ނިންމަން އަމާޒު ހިފާފައިވާ ކަމަށެވެ.

ފަޒުލް ވިދާޅުވީ މި އިމާރާތަށް ކަރަންޓު ދޭނީ ސޯލާއިން ކަމަށާއި، ޕާކިންގެ ޚިދުމަތްތައް އޮޓަމޭޓް ކުރާނެ ކަމަށެވެ. 24 ގަޑިއިރު ސަވައިލަންސް ނިޒާމެއް ވެސް ގާއިމްކުރާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

މި މަޝްރޫއު ހިންގާނީ ވިޔަފާރި ވެސް ހިންގޭގޮތަށްކަން ފާހަގަކުރައްވައި ފަޒުލް ވިދާޅުވީ އެކި ކަހަލަ ވިޔަފާރިއަށް ދޫކުރާ ފްލޯގައި ކެފޭ ރެސްޓޯރަންޓްތަކާއި ވިޔަފާރިތައް ހިންގުމަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި ހުޅުމާލޭގައި ގާއިމްކުރާ ޕާކިން އިމާރާތްތަކުގައި ހިމެނޭނީ 3920 ކާރު ޕާކިން، 3426 ސައިކަލު ޕާކިން ޖާގައެވެ. އިމާރާތުގައި ހަދާ ޕާކިން ސްލޮޓްތަކުން 90 އިންސައްތަ އަކީ ބީލަމުގައި ވިއްކުމަށް ކަނޑައަޅާ ސްލޮޓްތަކެވެ. އަދި 10 އިންސައްތަ ކަނޑައަޅާނީ ވިޒިޓަރ ޕާކިން ނުވަތަ ވަކި ވަގުތަކަށް ޕާކުކުރުމަށް ދޫކުރާ އޭރިއާއެއްގެ ގޮތުގައެވެ. މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ޕާކިން ޖާގަތައް ވެސް ހިމެނެއެވެ.

މުޅި މަޝްރޫއު ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް