ކ. މާލެ
|
3 އޮކްޓޯބަރ 2024 | ބުރާސްފަތި 17:12
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި، ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ހަރަކާތެއްގައި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި، ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ހަރަކާތެއްގައި
ފައިސާ ޗާޕްކުރުން
ރައީސް ޞާލިހުގެ ސަރުކާރުން ފައިސާ ޗާޕްކުރުމަކީ ރަނގަޅަށް ކުރިކަމެއް - އާތިފް
ފައްޔާޒް އިސްމާއިލް އެ ހާލަތުގައި އަމަލުކުރެއްވީ ވަރަށް ރަނގަޅަށް ވަރަށް ފުރިހަމަކޮށް ކަމަށާއި، އެކަން ކުރެއްވީ ރަށްފުށަށް ތަދުމަޑުކަމެއް ނާންނަ ގޮތަކަށް
ރައްޔިތުން ކޮޅަށް ބައިތިއްބަންކުރަންޖެހޭ ކަންކަން ކުރަންޖެހޭނެ

ރައީސް ޞާލިހުގެ ސަރުކާރުން ފައިސާ ޗާޕްކުރުމަކީ އެއިރުގެ ހާލަތަށް ބަލާފައި ރަނގަޅަށް ކުރިކަމެއް ކަމަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު ވިދާލުވެއްޖެއެވެ.

ޓީވީ ޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ މިދިޔަ ސަރުކާރުން ފައިސާ ޗާޕްކުރުމާއި ގުޅޭގޮތުން އާތިފް ޝަކޫރު ވިދާޅުވީ އެއީ ސަރުކާރުން ނިންމި ރަނގަޅު ނިންމުމެއް ކަމަށެވެ. އޭނާ ވިދާޅުވީ 2020 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ދިމާވީ ދުނިޔެއަށްވެސް ނާންނަވަރުގެ ބޮޑު މުސީބާތެއް ކަމަށެވެ. އާތިފް ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާ ވާ ގައުމަކަށްވެފައި، ކޮވިޑާއެކު ގައުމުގެ ބޭރު ދޮރާށި ބަންދުވެގެންދިޔަ ކަމަށެވެ.

އަދި ކޮވިޑާއެކު އެއަރޕޯޓުގައި ތަޅުލެވުމުން ގައުމަށް އާމްދަނީ ވަންނާގެ ގޮތް ހުސްވެގެންދިޔަކަމަށް އާތިފް ވިދާޅުވިއެވެ. އަދި މަސްވެރިން މަހަށް ނުކުމެ މަސް ބާނައިގެން އައީމަ ކައިގެންތިބި ހާލަތެއްގައި ރައްޔިތުން ކޮޅަށް ބައިތިއްބަންކުރަންޖެހޭ ކަންކަން ކުރަންޖެހޭނެ ކަމަށެވެ. އެގޮތުން އާތިފް ވިދާޅުވީ ރައީސް ޞާލިހުގެ ސަރުކާރުގެ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއިލް އެ ހާލަތުގައި އަމަލުކުރެއްވީ ވަރަށް ރަނގަޅަށް ވަރަށް ފުރިހަމަކޮށް ކަމަށާއި، އެކަން ކުރެއްވީ ރަށްފުށަށް ތަދުމަޑުކަމެއް ނާންނަ ގޮތަކަށް ކަމަށެވެ.

އެދުވަހު އަޅުގަނޑު އަމިއްލައަށްވެސް ލިޔުނިން އަދި ސަރުކާރުންވެސް ކަންތައްކުރެއްވީ އެގޮތަށް. ކުރަންވީ ފައިސާއެއް ޗާޕްކޮށްގެން ރައްޔިތުން ކޮއްޅަށް ބައިތިއްބާށޭޭ. އެކަމަކު އެ ދުވަސް ދިޔައީ. ދެން 2022 ވަނަ އަހަރު އަޅުގަނޑުމެން އިއުލާންކޮށްފިން ކޮވިޑްގެ ހާލަތު ގޮސްފިޔޭ. އަޅުގަނޑުމެން މި ދަންނަވާ ކަންތައްތަކުގެ ހަރަދު ބޮޑުވެގެން ދިޔައީ 22، 23 ގައި. އެހެންވީމަ އެ އިންބެލެންސާއިގެން މިއަދު އުޅެން މިޖެހެނީ.
އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު

އާތިފް ވަނީ ފައިސާ ޗާޕްކޮށްގެން މާކެޓަށް ނެރުމުން ބޭރު ފައިސާގެ އަގު ވެއްޓުނު ކަމަށް ގަބޫލުނުކުރައްވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ގައުމެއްގެ އުފެއްދުންތެރިކަމާއި ވިޔަފާރިން ލިބޭ ފައިސާ ވަންނާނި އިގްތިސާދުގެ ތެރެއަށާއި ބޭންކިންގ ނިޒާމުގެ ތެރެއަށް ކަމަށެވެ. އަދި އެ ފައިސާ ބޭންކަށް ވަނުމަށްފަހު އެ ފައިސާގެ ވެރި ފަރާތުން އެ ބޭނުން ތަނަކަށް ގެންގޮސް، ބޭނުން ތަނަކަށް އިންވެސްޓް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެތައް އަހަރެއް ވަންދެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އާމްދަނީ ދިޔައީ މާލީ ބާޒާރަށް ނުވަދެ ކަމަށެވެ. އަޑި ސަޕްލައިއަށްވުރެ ބޮޑަށް ޑިމާންޑް އިތުރުވެއްޖެނަމަ ކިތައްމެ ވަރުގަދަ ގަވާއިދެއް ހެދިފައި އޮތްނަމަވެސް ކަޅުބާޒާރެއް އުފެދިގެންދާނެ ކަމަށެވެ.

ކަޅު ބާޒާރުގައި ފުލުހަކު ޑޮލަރު ފަހާ ދުވަން ބެހެއްޓިކަމުގައިވިޔަސް ކަޅު ބާޒާރު އަންނާނީ އުފެދެމުން. ބާޒާރުމަތީގައި އެ ވިއްކަން ނުކުމެ އުޅޭ ބިދޭސީ ހިފާ ހައްޔަރުކުރީމާ އެ މުއާމަލާތް ހިފާނެ ފުނަށް. ފެންނާކަށް ނުހުންނާނެ. ރައިސް ސޯލިހު ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި އެ އަހަރު ތެރޭގައި ފިޔަވަޅު އަޅުއްވާނަމޭ. އެހެންނަމަވެސް ފެނިގެން މިދަނީ ފިޔަވަޅެއް އަޅަން ނުކުރިގެން އުޅޭތަން. ދެން އެބަ އަޑުއިވޭ ފާޑުފާޑުގެ ވާހަކަ.
އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު

އާތިފް ވިދާޅުވީ އިގްތިސާދީ ނިޒާމަށް ޑޮލަރު ނުގެންނަހާ ދުވަހަކު ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބެހެއްޓިޔަސް އެ މުއާމަލާތު ހިފާނީ ފުނަށް ކަމަށެވެ. އަދި އެ މުއާމަލާތެއް ނުފެންނާނެ ކަމަށާއި، އިގްތިސާދަށް ބޭނުންވާ ވަރަށް ޑޮލަރު މާލީ ބާޒާރަށް ވަނުމުން ލުއިލިބިގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް