Advertisement
ކ. މާލެ
|
4 އޮކްޓޯބަރ 2025 | ހޮނިހިރު 13:30
އެމްޑީޕީ އިން ކުރިއަށް ގެންދިޔަ އެއްވުމުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު
އެމްޑީޕީ އިން ކުރިއަށް ގެންދިޔަ އެއްވުމުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު
އެމްޑީޕީ ސެކްރިޓޭރިއެޓް
އެމްޑީޕީ
އަނިޔާވެރި ވުމަކީ ސަރުކާރުގެ ލެޖިޓިމަސީ ގެއްލެމުންދާ ކަމުގެ ހެއްކެއް: ރައީސް ޞާލިޙު
ރައީސް އިބޫ ވިދާޅުވީ އެއްވުން ރުޅާލުމަށް ސަރުކާރުން ބޭނުން ކޮށްފައިވާ ޙާލަތާ ނުބައްދަލުގެ ބާރުވެރިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް
ރައީސް އިބޫ ވިދާޅުވީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް އަނިޔާވެރިކަން އިސްކުރުމަކީ ސަރުކާރުގެ ލެޖިޓިމަސީ ގެއްލެމުންދާ ކަމުގެ ފުރިހަމަ ހެއްކެއް ކަމަށް
ރައީސް އިބޫގެ އިތުރުން، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ އެކަން ކުށްވެރި ކުރައްވާފައި

ރައްޔިތުންގެ އަޑު ކަނޑުވާލުމަށް އަނިޔާވެރިކަން ބޭނުން ކުރުމަކީ، ސަރުކާރުގެ ލެޖިޓިމަސީ ގެއްލެމުންދާ ކަމުގެ ހެއްކެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.

ރައީސް އިބޫ މިހެން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދިޔަ ލޫޓުވައިފި އެއްވުމުގެ ތެރެއިން ހާޓް އެޓޭކެއް ޖެހި ފަރުވާ ދެމުން އަންނަ އެމްޑީޕީގެ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް މުޙައްމަދު ރަސްލާން އަށް އަވަސް ޝިފާ އަކަށް އެދި އެކްސްގައި ކުރެއްވި ޕޯސްޓުގަ އެވެ.

އެގޮތުން ރައީސް އިބޫ ވިދާޅުވީ އެއްވުން ރުޅާލުމަށް ސަރުކާރުން ބޭނުން ކޮށްފައިވާ ޙާލަތާ ނުބައްދަލުގެ ބާރުވެރިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އެއްވުމުގައި ފުލުހުން ޕެޕާ ސްްޕްރޭ ބޭނުން ކުރުމުގެ ސަބަބުން އަސަރު ކޮށްފައިވާ ރަސްލާންގެ ޙާލަތާ މެދު ކަންބޮޑުވާ ކަމަށް ވެސް ރައީސް އިބޫ ވިދާޅުވި އެވެ.

އެކަން ފާހަގަ ކުރައްވައި ރައީސް އިބޫ ވިދާޅުވީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް އަނިޔާވެރިކަން އިސްކުރުމަކީ ސަރުކާރުގެ ލެޖިޓިމަސީ ގެއްލެމުންދާ ކަމުގެ ފުރިހަމަ ހެއްކެއް ކަމަށެވެ.

ރައީސް އިބޫގެ އިތުރުން، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިޞަމް ވިދާޅުވެފައި ވަނީ އެއްވުމުގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާން އަދި އަނިޔާވި އެންމެހާ ފަރާތްތަކަށް އަވަސް ޝިފާ އަކަށް އެދޭ ކަމަށެވެ. އަދި ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދާ ސުލްޙަވެރި އެއްވުންތަކަށް ޖާގަ ލިބެން ޖެހޭ ކަމަށް ފައިޞަލް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެތައް ބަޔަކު އަންނަނީ އެއްވުމުގައި ފުލުހުން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އެއްވުމުގެ ބައިވެރިންނަށް އަނިޔާ ކޮށްފައިވާ ކަަމަށް ފާހަގަކޮށް، އެކަން ކުށްވެރި ކުރަމުންނެވެ.

- ކޮމެންޓް