ކ. މާލެ
|
28 ސެޕްޓެންބަރ 2024 | ހޮނިހިރު 15:46
ދެއްވަދޫ އަށް ދިޔަ ފިޝަރީޒްގެ ޓީމް އެ ރަށުން ފައްސާލަނީ
ދެއްވަދޫ އަށް ދިޔަ ފިޝަރީޒްގެ ޓީމް އެ ރަށުން ފައްސާލަނީ
ސޯޝަލްމީޑިއާ
ދެއްވަދޫ އަށް ދިޔަ ފިޝަރީޒްގެ ޓީމް
ގއ.ދެއްވަދޫ އަށް ދިޔަ ފިޝަރީޒްގެ ޓީމް އެ ރަށުން ފައްސާލައިފި
އެރަށަށް ފިޝަރީޒް މިނިސްޓްރީގެ ޓީމުން ކުރަން އޮތް ދަތުރު މީގެ ކުރިން ވަނީ ކެންސަލްކޮށްފަ

ދެއްވަދޫ އަށް ދިޔަ ފިޝަރީޒްގެ ޓީމް ވެސް އެ ރަށުން ފައްސާލައިފިއެވެ.

ގއ. ދެއްވަދޫ މަސްވެރިން މުޒާހަރާ ކުރަން ތައްޔާރުވެފައިވާތީ، އެރަށަށް ފިޝަރީޒް މިނިސްޓްރީގެ ޓީމުން ކުރަން އޮތް ދަތުރު މީގެ ކުރިން ވަނީ ކެންސަލްކޮށްފައެވެ.

އެހެންނަމަވެސް ހޮނިހިރު ދުވަހުގެ ވަގުތެއްގައި އެ މިނިސްޓްރީގެ ޓީމެއް އެ ރަށަށް ދިޔަކަން ވަނީ އެނގިފައެވެ. އަދި އާއްމުން ނުކުމެ އެ މީހުން އެ ރަށުން ބޭރުކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް މީސްމީޑިއާގައި ވަނީ އާއްމުވެފައެވެ.

Advertisement

މީގެ ކުރިން އެރަށުގެ މަސްވެރިއެއް ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މުޒާހަރާ ކުރުމަށް ތައްޔާރުވީ މިސަރުކާރުން ވަރަށް ބޮޑަށް މަސްވެރިންނަށް އިހުމާލުވަމުންދާތީ ކަމަށެވެ. އަދި ފިޝްރީޒް މިނިސްޓްރީގެ ޓީމެއް އެރަށަށް ދިއުމަށް ނިންމާފައި ވުމާއި އެކު މަސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވަން ބޭނުންވާ ކަމަށް އޭރު މަސްވެރިން ވަނީ ބުނެފައެވެ. އެރަށުގެ ކައުންސިލުން ވަނީ މުޒާހަރަށް އެ ރަށުގައި ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަން ހާމަކޮށްފައެވެ.

އެ ރަށު ކައުންސިލުން ބުނީ ފިޝަރީޒް މިނިސްޓްރީގެ ޓީމް އެ ރަށަށް ދިޔައީ ހޮނިހިރު ދުވަހު 12:00 ހާއިރު ކަމަށެވެ. އެ ޓީމް އެ ރަށަށް ދިޔައީ، މަސް ފިނި ކުރާ ނިޒާމާއި މެދު މައުލޫމާތު ދިނުމަށް ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. އެ ބައްދަލުވުން ބާއްވަން ތާވަލްކޮށްފައި އޮތީ 01:00 ގައި ކަމަށް ވެސް ކައުންސިލުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ވަނީ ބުނެފައެވެ. އެހެންނަމަވެސް މަސްވެރިން އެ އަޑު އަހަން ބޭނުން ނުވާކަން ހާމަކޮށް، ސަރުކާރުގެ އޮފިޝަލުން އެ ރަށުން ފޮނުވާލާފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. އަދި އެޓީމް އަލުން ރަށަށް އަންނަން ރީޝެޑިއުލްކުރިކަން އަންގާފައި ނުވާ ކަމަށާއި އަލުން ރަށަށް އައި ނަމަވެސް މަސްވެރިން ތިބީ އެ ޕްރޮގްރާމް ކުރިއަށް ގެންދަން ފުރުސަތު ދޭގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މަސްވެރިން ތިބީ އެއަށް ވުރެ ބޮޑަށް ހިތްހަމަ ނުޖެހިފަކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން މަސްވެރިން ބުނެފައި ވަނީ މަސްވެރިން ބާނާ މަހަށް ފައިސާ ނުދީ ލަސްވާތީ އެކަމާއި މެދު މަސްވެރިން ޝަކުވާކޮށްފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް ކުރިން ދެމުން ދިޔަ ގޮތަށް މިފްކޯ ބޯޓްތަކުން ކްރެޑިޓް އަށް ތެޔޮ ނުދޭތީ އެކަމާއި ގުޅިގެން ވެސް ކަންބޮޑުވުން ވަނީ ފާޅުކޮށްފަކަމަށް މަސްވެރިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް
28 ސެޕްޓެންބަރ 2024 | ހޮނިހިރު 19:54
މިސްމިސް
ދެއްވަދޫން ބޭލި ވަފުދުގެ މީހުންނަށް ގޮންޖަހާފަ އަހަރެން މިބުނަނީ ކަލޭމެން ތީ ފިރިހެނުން ކަމަށް ވަންޏާމު ގަޔަށް އަތްލިމީހުންނާ ފަރުދީ ގޮތުން ދައުވާ ނުކުރަންޏާ ކަލޭމެން ހާދަ އަންހެންދުޅަލޭ ދޯ؟ ސަރުކާރުން ނޫނޭ ދައުވާ ކުރަންވީ .އަމިއްލަ މީހެއް ގޮތަށް ދައުވާ ކުރަންވީ، ފުލުހަށްވެސް ދާންވީ، ގަޔަށް އެރީތީ! ފަރުދީ ޒިންމާ ގޮތަށް ފަރުދީ ހައްގުވެސް އޮންނަން ވާނެ! އެއީ އަދުލު އިންސާފަކީ!