ކ. މާލެ
|
27 ސެޕްޓެންބަރ 2024 | ހުކުރު 22:20
އިޒްރޭލުން ދިން ހަމަލާގައި ސުންނާފަތި ވެފައިވާ އިމާރާތެއް
އިޒްރޭލުން ދިން ހަމަލާގައި ސުންނާފަތި ވެފައިވާ އިމާރާތެއް
ސޯޝަލް މީޑިއާ
ލުބްނާން-އިޒްރޭލް ހަނގުރާމަ
އިޒްރޭލުން ބާރުގަދަ ހަމަލާތަކެއް ބެއިރޫތައް، ހަމަލާ އަމާޒު ކުރީ ހިޒްބުﷲ ގެ ވެރިޔާ ހަސަން ނަސްރުﷲ އަށް
އިޒްރޭލުން ގެންދަނީ ނަސްރުﷲ އަށް ވީ ގޮތް ބަލަމުން ކަމުން ރިޕޯޓްތައް ބުނޭ

އިޒްރޭލުން ދެކުނު ލުބުނާނަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ހުކުރު ދުވަހު ދީފިއެވެ.

ހަމަލާގެ ގަދަފަދަ އަޑުފައްގަނޑު މުޅި ވެރިރަށަށް ފެތުރިގެން ދިޔަ ކަމަށް ލުބުނާނުގެ ދައުލަތުގެ މީޑިއާ ނޭޝަނަލް ނިއުސް އޭޖެންސީން ބުނެފައިވެއެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރޭލުން މިހަމަލާ ދިނީ ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަ ކޮށްލުމަށެވެ.

އިޒްރޭލުގެ މިސައިލް ހަމަލާއެއް ދިން އިމާރާތެއްގެ މަންޒަރެއް - ރޮއިޓާސް

އެމެރިކާގެ ނިއުސް އޭޖެންސީ އެކްސިއޮސް އިން ބުނާ ގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާ އިން މިހާރު ގެންދަނީ ހަމަލާއަށް ފަހު ނަސްރުﷲ އަށް ވީގޮތް ބަލަމުންނެވެ. 

އދ ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނިއު ޔޯކުގައި މިވަގުތު ހުންނެވި ލުބުނާންގެ ވަގުތީ ބޮޑުވަޒީރު ނަޖީބް މިކާތީ ވިދާޅުވެފައިވަނީ ބެއިރޫތައް އިޒްރޭލުން ދިން ހަމަލާ އިން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގޮވުންތަކަށް އެއްވެސް އަޅާލުމެއް އިޒްރޭލުން ނުބަހައްޓާނެކަން ދައްކުވައިދޭ ކަމަށެވެ. 

ބެއިރޫތުގެ ދެކުނުގެ ސަރަޙައްދެއް ކަމުގައިވާ ދާހިޔާގެ ހާރަތް ހަރީކް ޑިސްޓްރިކްޓަށް މިދިން ހަމަލާގައި 6 އިމާރާތް ވަނީ ފުނޑުފުނޑުވެ ބިމާ ހަމަވެފައެވެ.

ޒަޚަމްވެފައިވާ މީހުން ހޮސްޕިޓަލްތަކަށް ގެންދިއުމަށް ރެސްކިއު އޮފިޝަލުން ގެންދަނީ ހަރަކާތްތެރިވަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބެއިރޫތުގެ ދެކުނުގެ ސަރަޙައްދެއް ކަމުގައިވާ ދާހިޔާގެ ހާރަތް ހަރީކް ޑިސްޓްރިކްޓަށް މިދިން ހަމަލާގައި 4 އިމާރާތް ވަނީ ފުނޑުފުނޑުވެފައެވެ.

ޒަޚަމްވެފައިވާ މީހުން ހޮސްޕިޓަލްތަކަށް ގެންދިއުމަށް ރެސްކިއު އޮފިޝަލުން ގެންދަނީ ހަރަކާތްތެރިވަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 57 މިނެޓު ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް