ކ. މާލެ
|
25 ސެޕްޓެންބަރ 2024 | ބުދަ 09:14
އެފް.އޭ.އެމްގެ ނޯމަލައިޒޭޝަން ކޮމިޓީއާއި، ފީފާގެ ވަފްދާއި ޕީޖީ ބައްދަލުކުރެއްވުން
އެފް.އޭ.އެމްގެ ނޯމަލައިޒޭޝަން ކޮމިޓީއާއި، ފީފާގެ ވަފްދާއި ޕީޖީ ބައްދަލުކުރެއްވުން
ޕީޖީ އޮފީސް
އެފްއޭއެމްއާއި ފީފީއާއި ބައްދަލުކުރުން
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއާއި، ފީފާގެ ވަފްދާ ޕީޖީ ބައްދަލުކުރައްވައިފި
ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ އެފް.އޭ.އެމްގެ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައި

ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީއާއި، ރާއްޖެ ވަޑައިގެން އުޅުއްވާ ބައިނަލްއަޤްވާމީ ފުޓްބޯޅައާބެހޭ ޖަމިއްޔާ (ފީފާ) ގެ ވަފްދާ ބައްދަލުކުރައްވައިފިއެވެ.

އެފް.އޭ.އެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ އެދިވަޑައިގަތުމަށް ހޮޓެލް ޖެންގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ އެފް.އޭ.އެމްގެ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދި މި ޚިޔާނާތުގެ ސަބަބުން އެފް.އޭ.އެމަށް ގެއްލިފައިވާ ފައިސާއާއި، މުދާ އަނބުރާ ހޯދުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި އެފް.އޭ.އެމްގެ ކުރީގެ ވެރިންގެ މައްޗަށް ހިންގަމުންދާ ޖިނާއީ ތަޙުޤީޤާ ގުޅިގެން، އެފް.އޭ.އެމްގެ މަސައްކަތްތައް ޢާންމު ޙާލަތަކަށް ރުޖޫޢަކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިމާވާ ދަތިތައް އެފް.އޭ.އެމްގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްއާ ޙިއްޞާކުރެއްވިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ތަޙުޤީޤީ އިދާރާތަކާ ގުޅިގެން އެކަންކަން ޙައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. 

އަދި އެފް.އޭ.އެމް ތެރޭގައި މިފަދަ ކަންކަން ތަކުރާރުނުވާނެގޮތަށް އަމާޒުކޮށްގެން ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތައް ބައްޓަންކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ބާރުއެޅުއްވިއެވެ.

Advertisement

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ މައްސަލަ ތަޙުޤީޤުކުރެއްވުމަށް 22 އޮކްޓޫބަރު 2023 ގައި ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރައްވާފައިވެއެވެ. 

ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް އައިސްފިނަމަ އެ ކަމެއް ތަޙުޤީޤުކުރުމަށް އަމުރުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް